އިންޑިއާގައި ދިވެހިން ދިރިއުޅޭ އިތުރު ސަރަހައްދަކުން ކޯވިޑް-19 ފެނިފައިވާކަމަށް ރިޕޯޓްކުރުމާ ގުޅިގެން އެ ސަރަޙައްދުގައި ތިބި ދިވެހިންގެ ރައްކާތެރިކަމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ. އޭނާ މިގޮތަށް ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިއަދުގެ ވަގުތެއްގައި އިންޑިއާ އިން ވަނީ ވެރިރަށް ނިއު ދިއްލީ އާއި މުމްބާއީ، ކޮލްކަތާ، ޗެންނާއީ އަދި ބެންގަލޫރު ހިމެނޭ ގޮތަށް 80 ސިޓީއެއް ބަންދުކޮށްފައެވެ.
އިންޑިއާގެ ސިޓީތަކާއި ބައެއް ސްޓޭޓްތައް ބަންދު ކުރަނީ މި މަހުގެ ނިޔަލަށެވެ. މީގެ އިތުރުން ރޭލް، މެޓްރޯ އަދި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ކުރާ ބަހުގެ ދަތުރުތައް ވެސް ވަނީ ހުއްޓާލައިފައެވެ. ގިނަ ސްޓޭޓްތަކުގައި މިހާރު ވެސް ވަނީ މާރުކޭޓްތަކާއި ސިނަމާ، ޝޮޕިން މޯލް، ސްކޫލް، ކޮލެޖް އަދި ޖިމްތައް ބަންދުކޮށްފަ އެވެ. ގިނަ ސިޓީތަކެއްގައި ވަނީ ސެކްޝަން 144 އަށް އަމަލު ކުރަން ފަށައިފަ އެވެ. އެއީ ފަސް މީހުންނަށް ވުރެ ގިނައިން އެއްވުން މަނާކުރުމެވެ.
ރާއްޖެއިން މިހާތަނަށް ބައެއް ޤައުމުތަކަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ވީ ނަމަވެސް، އޭގެ ތެރޭގައި އިންޑިއާ ހިމެނިފައިނުވާތީ ގިނަބަޔަކު ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު