ރާއްޖެއިން ފުރި ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މެރުއާން ފެލައިނީގެ މައްސަލައިގައި މާލެއިން ދެ ޢިމާރާތެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ކޯވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ރީތިރަށް ރިސޯޓްގައި ޗުއްޓީ ހޭދަކުރި ފެލައިނީއާ ކޮންޓެކްޓްވެ ބަލީގެ އަލާމާތް ފެނިގެން ދެ މީހެއްގެ ސާމްޕަލްނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން ދާކަން އެޗްޕީއޭއިން އިއުލާން ކުރީ ރޭގެ ވަގުތެއްގައެވެ.
މަބްރޫކް ވަނީ ފެލައިނީއާ ބައްދަލުވި އެންމެން ވީ އެންމެ އަވަހަކަށް އެޗްޕީއޭ އަށް ގުޅައި އެންގުމަށް އެދިވަޑައިގެންފަ އެވެ. ފެލައިނީއާ ބައްދަލުވި ބައެއް މީހުން އެކަން ނާންގައި ތިބޭކަން ފާހަގަކުރައްވައި މަބްރޫކް ވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މީހުން ހޯދަންދެން ނުތިބެ އަމިއްލަ އަށް ރިޕޯޓްކުރުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު