ޑަސްޓިން އާއި އޭނާގެ ދެކުދިން
ޑަސްޓިން އާއި އޭނާގެ ދެކުދިން
އެމެރިކާގެ އޮކްލަހޯމާގައި 5 އަހަރު ނުވާ ދެކުދިން ކާރެއްގެ ތެރޭގައި ތަޅުލެވިގެން މަރުވެއްޖެއެވެ.

3 އަހަރާއި 4 އަހަރުގެ ދެއަންހެން ކުދިން މަރުވީ ކާރުގެ އެތެރޭގައި 5 ގަޑިއިރަށް ވުރެ ގިނައިރު ތަޅުލެވިފަ ތިބުމަށް ފަހުއެވެ. ދެކުދިންގެ ބައްޕަ، އުމުރުން 31 އަހަރުގެ ޑަސްޓިން ލީ ޑެނިސް، ކަން ހިނގާދިޔަ ގޮތުގެ ތަފުސީލު ދެމުން ބުނެފައިވަނީ، ކުދިން ގޮވައިގެން ކާރުގައި އޭނާ ދިޔައީ ފިހާރައަކަށް ކަމަށާއި ގެއަށް އައުމާއި އެކީގަ އޭނާއަށް ނިދުނީކަމަށެވެ. ޑެނިސްއަށް ހޭލެވުނުއިރު އެއްވެސް ކުއްޖަކު ފެންނަން ނެތްކަމަށް އޭނާ ބުންޏެވެ.

އޭނާ ދެ ކުދިން ހޯދަން ކުރި މަސައްކަތުން އެކުދިން ފެނުނީ ކާރުގެ ތެރެއިން ކަމަށް ބުނެފައި ވެއެވެ. ކުދިން ފެނުމާއި އެކު، ކުދިން ގޭތެރެއަށް ވައްދައި، ކަމާބެހޭ ފަރާތް ތަކަށް ރިޕޯޓްކުރި ކަމަށާއި އެމީހުން އައިސް ބެލިއިރުވެސް އެ ކުދިން މަރުވެފައިވާ ކަމަށް "ފޮކްސް23" އާއި ހަވާލާދީ "ނިއުޔޯކް ޕޯސްޓް" ގައި ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ކުދިން ކޮބައިތޯ ބަލާނުލައި 5 ގަޑިއިރު ހޭދަވިކަމަށާއި، މިހުރިހާވަގުތެއްގައި ކުދިން ތިބީ ކާރުގައި ތާށިވެފައި ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން ޑެނިސްއަށް ވަނީ އިހުމާލުވެގެން މީހަކުމަރާލި ކަމުގެ 2 ދަޢުވާއެއް އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން