ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދޭ ވާޑެއް
ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދޭ ވާޑެއް
ބޮޑެތި ބަލިތަކަށް ފަރުވާކުރުމަކީ އެވެސް އިރެއްގައި ޚަރަދު ކުޑަކަމެއް ނޫނެވެ. މިގޮތުން އެމެރިކާއަކީ ސިއްހީނިޒާމު ނުހަނު އަގުބޮޑު ގައުމެކެވެ. ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް، ނުވަތަ ކޯވިޑް-19 އަކީ، ބަލިޖެހުމުން ވަރަށް ރަނގަޅަށް ފަރުވާދޭން ޖެހޭ، ނުރައްކާތެރި ބައްޔެކެވެ. މިބަލީގެ ހަލަތު އެންމެ ނުރައްކާވާ ބަޔަކީ ދުވަސްވީ މީހުންނާއި އެކި ކަހަލަ ދާއިމީ ބަލިތައް ތަހައްމަލުކުރާ މީހުންނެވެ.

70 އަހަރުގެ "މައިކަލް ފްލޯ" އަކީވެސް މިބަލި ތަޙައްލުކޮށް، ކިރިޔަ ކިރިޔާ މަރުން ސަލާމަތް ވެފައިވާ މީހެކެވެ. ނަމަވެސް ހަސްފަތާލުން ދޫކޮށްލުމާއި އެކީގައި ދެން އޭނާއަށް ލިބުނު ޝޮކު ވެސް ވަކި ކުޑައެއް ނޫނެވެ. އޭނާގެ ފަރުވާއަށް 1.1 މިލިއަނެއްހާ ޑޮލަރު އެރިވާހަކަ އަޑު އިވުމުން ހިތްހުއްޓިގެން މަރުނުވީ ހަމަ ކިރިޔާއެވެ.

މައިކަލް ފްލޯ ހަސްފަތާލުގައި އެނދުމަތި ކުރީ މާރިޗު މަހުގެ 4 ވަނަ ދުވަހުއެވެ. މި ބަލީގައި ޖުމުލަ 62 ދުވަހު ހޭދަކުރިއިރު، އޭނާގެ ފުރާނައަށް ވަރަށް ބޮޑަށް ނުރައްކާވި ޙާލަތްތައްވެސް ދިޔައެވެ. އެގޮތުން އުންމީދު ކަނޑާލައި، ފްލޯގެ ޢާއިލާއަށް އެންމެފަހުގެ އަލްވަދާޢު ކިޔަން ފުރުސަތު ދޭންވެސް ފޯނު ކުރިއެވެ. ނަމަވެސް ހުރިހާ ކަމަކަށް ފަހު، މެއި މަހުގެ 5 ވަނަ ދުވަހު ހަސްފަތާލުން ފްލޯ ދޫކޮށްލީ ހުރިހާ ނަރުހުންނާއި ޑަކުތަރުންގެ މޫނުމައްޗައް އުފާވެރިކަން ގެނުވާފައެވެ.

ފްލޯގެ ހިނިތުންވުން ފަނޑުވީ، އޭނާގެ ފަރުވާއަށް ހޭދަވި އަދަދު ފެނުމާއި އެކުގައެވެ. 181 ޞަފުޙާގެ ބިލެއް އޭނާގެ އަތައް ލިބުނެވެ. އޭގައި އޮތީ ފަރުވާއަށް ޖުމުލަ 1،122،501.04 އެމެރިކާ ޑޮލަރު ހޭދަވިކަމަށެވެ. އެގޮތުން "އިންޓެންސިވް ކެއާރ" ގައި ހޭދަ ކުރި ކޮންމެ ދުވަހަކަށް 9،736 އެމެރިކާ ޑޮލަރާއި، 42 ދުވަހަށް އެތަން ސާފުކުރުމަށް ގާތްގަނޑަކަށް 409،000 އެމެރިކާ ޑޮލަރު ހޭދަވިކަމަށް ވެއެވެ. މީގެ އިތުރުން ވެންޓިލޭޓަރުގައި ހޭދަކުރި 29 ދުވަހަށް 82،000 އަދި އޭނާގެ ޙާލަތު ދެރަވި ދެދުވަހަށް ދޭންޖެހޭ ފަރުވާއަށް ގާތްގަނޑަކަށް 100،000 އެމެރިކާ ޑޮލަރު އަރާފައިވާކަމަށް ބިލުގައި އޮތެވެ.

"ސްޓްރެއިޓްސް ޓައިމްސް" ނޫހުގައި ހާމަކޮށްފައިވަނީ، ފްލޯ ގެ ޖީބުން އެއްވެސް ޙަރަދެއް ކުރާކަށް ނުޖެހުނެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް ހަމަޖެހިފައިވާ އިންޝުއަރަންސް ޕްރޮގުރާމެއް ކަމަށްވާ "މެޑިކެއާރ" އިން ވަނީ ހުރިހާ ޚަރަދެއް އަދާކޮށްފަ އެވެ.



ނަމަވެސް ފްލޯގެ ކަންބޮޑުވުމަކީ، އެމެރިކާފަދަ، ސިއްޙީނިޒާމު އަގުބޮޑު ޤައުމެއްގައި، އޭނާގެ އެކަނި ޚަރަދަށް އެހާ ބޮޑު އަދަދެއް އެރުމެވެ. ބަލިން ފަސޭހަ ވުމުން ވަރަށް އުފާވާކަމަށާއި، ނަމަވެސް އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކުސް ފައިސާއިން ހުރިހާ ޚަރަދެއް ކުރާތީވެ އެކަމާ ދެރަވާކަމަށް އޭނާ ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޖައުފަރު

16-Jun-2020

ނަސީބެއްތާ އަމިއްލަ އަށް ދައްކަން ނުޖެހުނުކަން



ޓްރެންޑިން