ކޯވިޑް-19 އާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފިއެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ މި ދަނޑިވަޅުގައި ޝައިޚް އިލްޔާސް ޙުސައިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރޯގާގެ ނުރައްކާ ބޮޑުވުމުގެ ކުރިން އަވަސް ފިޔަވަޅުތައް އެޅުއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ. އަދި ކޯވިޑް-19 އިން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅެއް އަޅައިގެން މެނުވީ އަސްލު މަޤްޞަދު ޙާސިލް ނުކުރެވޭނެ ކަމަށްވެސް އިލްޔާސް ވިދާޅުވެފައިވެއެވެ.
އަދި އެންމެހާ ރައްޔިތުން ކެތްތެރިކަމާއެކު ގޭގައި މަޑުކޮށް ދެއްވުމަށް އިލްޔާސް ވަނީ އެދިވަޑައި ގެންފައެވެ. މިފަދަ ޓްވީޓެއް އިލްޔާސް ކުރައްވާފައިވާއިރު ސަރުކާރުންވަނީ ރާއްޖޭގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް އާންމު ރައްޔިތުން ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ނުނުކުމެ މަޑު ކުރުމަށް ގޮވަލާފައެވެ. މިގޮތުން ރާއްޖޭގެ ވައިގެ ސަރަހައްދީ ރޮނގު ބައެއް ޤައުމުތަކަށް މުޅިން ބަންދުކޮށްފައިވާއިރު، ރިޒޯޓުތަކަށް އަންނަ ފަތުރުބެރިން ފިޔަވައި ރާއްޖެ އަންނަ އެންމެންވެސް ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީ އެއްގައި 14 ދުވަހު މަޑުކުރުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން ސްކޫލްތަކާއި، އޮފީސްތަކާއި، މާލޭ ސަރަޙައްދުގެ މިސްކިތްތަކާއި، ހޮޓާތަކާއި ކެފޭ ރެސްޓޯރަންޓްތައް ބަންދުކޮށް، ރާއްޖޭގެ ރިޒޯޓްތަކަށް މީހުން އެރުމާއި، ފޭބުންވެސް ވަނީ މަނާކޮށްފައެވެ.

Covid-19 in salanah vumattaka alhanjehey huriha salamathē fiyalheh alhaigen menuvee aslu magsadheh hasil nukureveyne boduvaruvumuge kurin avas fiyalhu elhuvvamah
— Ilyas Hussain (@shkilyas) March 23, 2020
kamabehey faraththakah
govalan
lobuvethi rayyithun keththerikamaeku geyga
madukoh dhevvumahves dhannavan
އަދި އެންމެހާ ރައްޔިތުން ކެތްތެރިކަމާއެކު ގޭގައި މަޑުކޮށް ދެއްވުމަށް އިލްޔާސް ވަނީ އެދިވަޑައި ގެންފައެވެ. މިފަދަ ޓްވީޓެއް އިލްޔާސް ކުރައްވާފައިވާއިރު ސަރުކާރުންވަނީ ރާއްޖޭގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް އާންމު ރައްޔިތުން ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ނުނުކުމެ މަޑު ކުރުމަށް ގޮވަލާފައެވެ. މިގޮތުން ރާއްޖޭގެ ވައިގެ ސަރަހައްދީ ރޮނގު ބައެއް ޤައުމުތަކަށް މުޅިން ބަންދުކޮށްފައިވާއިރު، ރިޒޯޓުތަކަށް އަންނަ ފަތުރުބެރިން ފިޔަވައި ރާއްޖެ އަންނަ އެންމެންވެސް ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީ އެއްގައި 14 ދުވަހު މަޑުކުރުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން ސްކޫލްތަކާއި، އޮފީސްތަކާއި، މާލޭ ސަރަޙައްދުގެ މިސްކިތްތަކާއި، ހޮޓާތަކާއި ކެފޭ ރެސްޓޯރަންޓްތައް ބަންދުކޮށް، ރާއްޖޭގެ ރިޒޯޓްތަކަށް މީހުން އެރުމާއި، ފޭބުންވެސް ވަނީ މަނާކޮށްފައެވެ.

JOR
COD
CRO
ކިޔުންތެރިންގެ ހިޔާލު