ސާރޖިކަލް އަންގި: ކޮވިޑް-19 ރައްކާތެރި ވުމަށް އަންގި ބޭނުންކުރަން ވަނީ ބާރުއަޅާފައެވެ
ސާރޖިކަލް އަންގި: ކޮވިޑް-19 ރައްކާތެރި ވުމަށް އަންގި ބޭނުންކުރަން ވަނީ ބާރުއަޅާފައެވެ
މިއަހަރަކީ ދުނިޔޭގައި އަންގި އުފައްދާ ކުންފުނިތަކަށް އިންތިހާއަށް ފައިދާވާ އަހަރެކެވެ. ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އެންމެ މުހިންމު ރޯލެއް އަދާކުރާ އެކައްޗަކީ އަންގިއެވެ.

ދުނިޔޭގައި ބޭނުންކުރާ އަންގިތަކުގެ 65 އިންސައްތަ އުފައްދަމުންގެންދާ މެލޭޝިޔާ ވަނީ އެ ދާއިރާއިން 4 ބިލިއަނަރުން އުފައްދާފައެވެ. ހަމައެކަނި މިއަހަރުވެސް އެދާއިރާއިން 2 ބިލިއަނަރުކު އުފެދިފައިވެއެވެ.

"ބްލޫމްބަރގް ބިލިއަނަރސް އިންޑެކްސް"އިން ބުނާގޮތުގައި، ސުޕަރމެކްސް ކޯރގެ ޓައި ސިމް ކިމް ވަނީ 1 ބިލިއަން ޑޮލަރުގެ ނެޓް ވަރތް އަކާއެކު މި މަހުގެ ކުރިކޮޅު ބިލިއަނަރުކަން ހޯދާފައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާގުޅިގެން ޕީޕީއީ (ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަނޓް) އުފައްދަމުން ގެންދާ ކުންފުނިތަކުގެ ޑިމާންޑް ވަނީ ވަރަށް ބޮޑުތަނުން އުފުލިފައެވެ. މިއާއެކު ދެކުނު އިރުމަތީ އޭޝިއާ ވަނީ މިދާއިރާއިން މުއްސަނދިން އުފެއްދުމުގެ "ހޮޓްސްޕޮޓް" އަކަށް ވެފައެވެ.

މުޅި ދުނިޔޭގައިވެސް އަންގި އުފެއްދުމުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ "ޓޮޕް ގްލަވް ކޯޕް" ގެ އިތުރުން "ހާޓަލޭގާ ހޯލްޑިންގްސް ބީ.އެޗް.ޑީ" އަދި "ކޮސާން ރަބަރ އިންޑަސްޓްރީސް ބީ.އެޗް.ޑީ" އަށް ވަނީ އެ ވިޔަފާރިން ބޮޑު ފައިދާއެއް ހޯދާފައެވެ. އެހެނަސް ފަސް ގުނައިގެ ކުރިއެރުމަކާއެކު މިއަހަރު އެންމެ ފާހަގަ ކޮށްލެވެނީ "ސުޕަރ މެކްސް ކޯރޕް" އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން