ވަލަރީ މިޓްކޯ
ވަލަރީ މިޓްކޯ
ދައުލަތުހުގެ ސިއްރުތައް ޗައިނާއަށް ދިންކަމުގެ ތުހުމަތުގައި، ރަޝިޔާގެ ސައިންސްވެރިއަކަށް ދަޢުވާކޮށްފިކަމަށް "ރޮއިޓާރސް" އިން ބުނެފި އެވެ.

"ވަލެރީ މިޓްކޯ" ނަމަކަށް ކިޔާ 78 އަހަރުގެ މިމީހާއަކީ "އާކްޓިކް އެކަޑަމީ އޮފް ސައިންސަސް" ގެ ރައީސްވެސް މެއެވެ. މިޓްކޯގެ ވަކީލު، "އައިވަން ޕަވްލޯ" ބުނިގޮތުގައި މިޓްކޯ 20 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފާނެކަމަށެވެ.

މިޓްކޯއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެފަހަރު ޗައިނާއަށް، ތަޤުރީރުދޭން ދާ މީހެކެވެ. އެގޮތުން އެ ޤައުމުގެ "ޑަލިއަން މެރިޓައިމް ޔުނިވާރސިޓީ" ގައި "ހައިޑްރޯ ފިޒިކްސް" އާއި ބެހޭގޮތުން އޭނާ ތަޤުރީރުދެއެވެ.

ޕަވްލޯ އާއި ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ މިޓްކޯ ދީފައިވަ ތަޤުރީރު ތަކުގައި ވާހަކަދައްކާފައިވަނީ ހަމައެކަނި ތަޢުލީމީ އަދި އާންމުންނަށް ހުޅުވާލެވިފައިވާ މަޢުލޫތަކަށެވެ. އަދި ދައުލަތުގެ އެއްވެސް ސިއްރެއްގެ ވާހަކައެއް ނުދައްކައެވެ.

މި މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަމުން ޕަވްލޯ އިތުރަށް ބުނެފައިވަނީ ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް ވަރަކަށް ހަމަޖެހޭ ކަންކަމެއް ނޫންކަމަށާއި، ޙުކުމް ނުކޮށް މައްސަލަ ދޫކޮށްލާނެކަމަށް އުންމީދު ކުރާކަމަށެވެ.

ރަޝިޔާގެ މިނިވަން ނޫސް އޭޖެންސޯއެއް ކަމަށްވާ "އިންޓާރްފެކްސް" އަށް ސިއްރު ފަރާތަކުން ހިއްސާކުރި މަޢުލޫމާތެއްގައި ވަނީ، 2017 ވަނަ އަހަރުގެ މާރިޗުމަހުން ފެށިގެން 2018 ވަނަ އަހަރުގެ މާރިޗުމަހާއި ހަމައަށް މިޓްކޯ ވަނީ އަޑިންދާބޯޓު ފާހަގަކުރާ ޓެކްނުލޮޖީ އާއި ބެހޭ ސިއްރު މަޢުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

މިޓްކޯ ވަނީ އޭނާއަށް ކުރާ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން