ކޯވިޑް-19 އަށް ޝައްކުކުރެވިގެން ޓެސްޓު ހެދުމަށް އެކަހެރިކުރެވިފައިވާ ދުނިޔޭގެ ލީޑަރުންގެ ޢަދަދު ހަޔަކަށް އަރައިފިއެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވެފައިވަނީ ޖަރުމަނުގެ މުސްތަޝާރު މާކެލްއެވެ.
މާކެލްގެ އިތުރުން މޮނާކޯގެ ޕްރިންސް އަލްބަޓް އާއި، ބްރެޒިލްގެ ރައީސް ސޮނާރޯ އާއި، ނޯވޭގެ ރަސްގެފާނު ހެރަލްޑް އާއި، ކެނެޑާގެ ބޮޑުވަޒީ ރު ޓްރޫޑޯ އަދި އެމެރިކާގެ ނައިބުރައީސް ޕެންސް ވަނީ ޝައްކު ކުރެވޭ ޢަލާމާތްތައް ފެނުމާ ގުޅިގެން ޓެސްޓް ހެދުމަށް އެކަހެރި ކޮށްފައެވެ.
ކޯވިޑް-19 އިގެ ބައިނަލްއަޤްވާމީ ބައެއް އުސްއަލިތަކަށް ބަލާލާއިރު؛ މައްކާގައި ކޯވިޑް-19 އަށް އިތުރު 12 މީހުން މިއަދު ވަނީ ފައްސިވެފައެވެ. އެހެންކަމުން މިހާތަނަށް މި ބައްޔަށް 137 މީހުން މައްކާ ސަރަޙައްދުން ވަނީ ފައްސިވެފައެވެ. އަދި ސަޢޫދީގައި ޖުމްލަ 572 މީހުންނަށް ބަލި ޖެހިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
މީގެ އިތުރުން ކޯވިޑް-19 ޖެހިގެން އިޓަލީއިން 23 އަށްވުރެ ގިނަ ޑޮކްޓަރުން މަރުވެއްޖެކަމަށް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ. މީގެ ތެރެއިން 19 ޑޮކްޓަރުންނަކީ ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ލޮމްބަރޑީގެ ޑޮކްޓަރުންނެވެ. އިޓަލީން މިހާތަނަށް 59 ހާހަށްވުރެ ގިނަ މީހުންވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އިޓަލީގައި މި ބަލި ޖެހިގެން މަރުވި މީހުންގެ ޢަދަދަކީ 5476 އެވެ.
ބަލި އެންމެ ބާރަށް ފެތުރެމުންދާ އެއް ޤައުމުކަމަށްވާ ޖަރުމަނުވިލާތުގެ ރައްޔިތުންގެ ތެރެއިން ބޭރު ޤައުމުތަކުގައި ތާށިވެފައި ތިބި އެއް ލައްކަ ވިހި ހާހަށްވުރެ ގިނަ ޖަރުމަނު ރައްޔިތުން ޗާޓަރު ފްލައިޓްތަކުގަ އެނބުރި ޤައުމަށް ގެނެވިފައިވާކަމަށް ޖަރުމަނު ފޮރިން މިނިސްޓަރ ހެއިކޯ މާސް ވަނީ ވިދާޅުވެފައެވެ.
އެފްރިކާ ސަރަޙައްދުގެ ޤައުމެއްކަމަށްވާ ނައިޖީރިއާއިން ކޯވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް މިއަދު ވަނީ މީހަކު މަރުވެފައެވެ. ނައިޖީރިއާއިން މަރުވީ ބޭސްފަރުވާއަށް ޔޫކޭއަށް ގޮސް އުޅެފައި އެނބުރި އައި 67 އަހަރުގެ މީހެކެވެ. މީގެއިތުރުން ޒިމްބާބްވޭއިން ކޯވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު ވަނީ މަރުވެފައެވެ. މަރުވީ އުމުރުން 30 އަހަރުގެ ނޫސްވެރިއެއްކަމަށް އެ ޤައުމުންވަނީ ހާމަކޮށްފައެވެ.
މިހާތަނަށް މުޅިދުނިޔޭން 358805 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މަރުވި މީހުންގެ ޢަދަދު އުޅެނީ 15433 ގައެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ ޢަދަދަކީ 100655 އެވެ.

ކިޔުންތެރިންގެ ހިޔާލު