ޗައިނާގެ "ބެއިޖިން"ގައި ކޮރޯނާ ވައިރަސްގެ އައު ކޭސްތަކެއް ފެނުމާއި އެކު، އެ ގައުމުގެ ސެލްމަން ވިޔަފާރި ހުއްޓިދާނެކަމުގެ ބިރު އެބައޮތްކަމަށް، އެގައުމުން ބުނެފިއެވެ.
700 މިލިއަން ޑޮލަރުގެ މި ވިޔަފާރި ގެއްލިދާނެ ކަމުގެ ބިރު އޮތީ، އެންމެ ގިނައިން މަސް ބޭރުކުރާ "ޑެންމާކް"، "ނޯވޭ" އަދި "އޮސްޓްރޭލިއާ" ފަދަ ޤައުމުތަކަށެވެ.
ބޮޑެތި ވިޔަފާރިތައް ކުރާ ފިހާރަތަކުންނާއި މާރުކޭޓު ތަކުންވަނީ ސެލްމަން މަސް ނަގާފައެވެ. ކަމާއި ބެހޭ މާހިރުންވަނީ "އޮމެގާ-3" ގިނައިން ހިމެނޭ މޫދުކާނާ ނުކެއުމަށް އިރުޝާދު ދީފައެވެ. މި ނިންމުން ނިންމާފައިވަނީ "ޒިންފާޑީ" ނަމަކަށް ކިޔާ މޭވާ އާއި ތަރުކާރީގެ ވިޔަފާރިކުރާ ބޮޑު މާރުކޭޓުގެ ރައީސް ބުނިބުނުމަކަށެވެ. އޭނާ ބުނާގޮތުގައި، އެމާރުކޭޓުން ވަނީ 100 ވަރަކަށް އައު ކޭސް ފެނިފައިކަމަށާއި، މި ކޭސްތައް "ޓްރޭސް" ކުރިކުރުމުން ބަލި ފެނިފައިވަނީ، އެމާރުކޭޓުގައި ސެލްމަންގެ ވިޔަފާރިކުރާ މީހަކު މަސް ކަނޑަން ގެންގުޅުނު ބޯޑަކުންނެވެ.
އެޤައުމުގެ ސިއްޙީ މާހިރެއްކަމަށްވާ "ޒެންގް ގުއަންގް" ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ، ބަލި ފެތުރިފައިވަނީ ސެލްމަން މަހުން އިންސާނުން ގަޔަށް، ނޫނީ އިންސާނެއްގެ ގައިން ސެލްމަން މަހަށްތޯ ބެލުމަށް އިތުރަށް ދިރާސާކުރަމުންދާ ކަމަށެވެ. އޭނާ އިރުޝާދު ދީފައިވަނީ މިވަގުތު "ބެއިޖިން" ގެ އެއްވެސް ރައްޔިތަކު ރޯމަސް ނުކެއުމަށާއި، އެތެރެކޮށްފައިވާ މޫދުކާނާވެސް ނުކެއުމަށެވެ.
ޗައިނާގެ ސިއްހީ މާހިރެއްކަމަށްވާ "ވޫ ޒުންޔޫ" ބުނެފައިވަނީ، ފިނިކޮށް ގަނޑުކޮށްފައިވާ ކާނާގައި 3 މަސްދުވަސް ވަންދެން ވައިރަސް ހުރެދާނެކަމަށެވެ. ޒިންފާޑީ މާރުކޭޓުން ވިއްކި ކާނާއަކީ ވަރަށް ބޮޑަށް ވައިރަސް އާއި އެކުވެފައި ހުރިތަކެތި ކަމަށް ޝައްކުކުރެވޭކަމަށް އޭނާ ބުނެފައި ވެއެވެ. ނަމަވެސް މިކަމަކީ އަދި ޔަގީން ކުރެވިފައިވާ ކަމެއްނޫންކަން ޒުންޔޫ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު