ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ބަޔަކު ފެނިގެން ބަންދު ކުރި ރިޒޯޓެއް
ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ބަޔަކު ފެނިގެން ބަންދު ކުރި ރިޒޯޓެއް
ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިއާ މަރުއޯން ފެލައިނީއާއި ސީދާ ބައްދަލުވި ދެ ދިވެހިންގެ ޓެސްޓް ނެގެޓިވް މާލެއިން ބަންދުކުރި ދެގެ މޮނިޓަރިން ހާލަތުން ދޫކޮށްލައިފިއެވެ.

ފެލައިނީއާއި ސީދާ ބައްދަލުވެގެން އެކަހެރިކުރި ދެ ދިވެހިންގެ އިތުރުންވެސް އޭނާއާއި އެކި ގޮތްގޮތުން ބައްދަލުވެފައިވާތީ ގިނަ ބަޔަކު އެކަހެރި ކުރިއެވެ. އޭގެ ތެރޭގައި އެމްއޭސީއެލްގެ ފަނަރަ މުވައްޒަފަކާއި ރީތިރަށް ރިޒޯޓުގެ ފަސް މީހަކު ހިމެނޭ ކަމަށް ކޮރޯނާ ވައިރަސްއާއި ބެހޭ މައުލޫމާތު ހާމަ ކުރުމަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މަބްރޫކް އަޒީޒު މިރޭ ވިދާޅުވިއެވެ.

ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މަބްރޫކް ވިދާޅުވީ މާލޭގެ ދެގެ ބަންދު ކުރީ ފެލައިނީއާއި ސީދާ ބައްދަލުވި ދެމީހުން ދިރިއުޅޭ ގެއަށްވާތީއެވެ. ދެ މީހުން ވެސް ނެގެޓިވް ވުމުން އެދެގެ މޮނިޓަރިންގ ހާލަތުން މިހާރު ވަނީ ދޫކޮށްލާފައެވެ.

މީގެއިތުރުން ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކްލަބް މެޑް ކަނިފިނޮޅުގެ މޮނިޓަރިންގެ ޙާލަތު ނިމުމަކަށް ގެނަސް އެ ރަށްތައް މިހާރުވަނީ ހުޅުވާލައިފައެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ވަނީ، ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކްލަބް މެޑް ކަނިފިނޮޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން އެ ރަށްތަކުގެ މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް 13 މީހުން ފެނިފައިވާއިރު، އޭގެ ތެރެއިން 5 މީހުން ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 8 މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން