މަންމައާއި ބައްޕަ ދަރިފުޅާއެކު ގޭމެއް ކުޅެނީ: ކުދީން ކުޅުމަށް ވަގުތެއް ކަނޑައެޅިފައި އޮތުން މުހިއްމު
މަންމައާއި ބައްޕަ ދަރިފުޅާއެކު ގޭމެއް ކުޅެނީ: ކުދީން ކުޅުމަށް ވަގުތެއް ކަނޑައެޅިފައި އޮތުން މުހިއްމު
ކުޑަކުދީން ގޭގައިއުޅޭއިރު، އެކުދީންގެ ގިނަވަގުތު، ހޭދަކުރަނީ ކުޅެއުޅުމުގައެވެ. މިގޮތަށް ކުޅެއުޅުމަކީ، ކުދީންނަށް އެތައް ގޮތަކުން ނުހަނު ބޭނުން ކަމެކެވެ. މިކަމުން އޮތް އެންމެ ބޮޑު ފައިދާއަކީ، އެކުދީންގެ ހަށިތަކަށް ކަސްރަތު ލިބެމުން ދިޔުމެވެ. އަދި މިކަމުގެ ސަބަބުން ކުއްޖާގެ ޞިއްޙަތު ރަނގަޅުވެ، ހަށިގަނޑު ވަރުގަދަވެ، މުރާލިކަމާއި ކެރުމާއި، ކަންކަމަށް ލޯހުޅުވުމާއި މިފަދަ ރަނގަޅު އެދެވޭ އެތައް ސިފަތަކާއި ކުޅަދާނަކަން ކުދީންގައި އުފެދެއެވެ.

ވީމާ، ކުދީން، ގޭތެރޭގައި ކުޅޭކުޅިވަރުތަކާއި ދުވާދުވުންތައް، ފުމޭފުމުންތައް މަނާކޮށް، ހުއްޓުވައިގެން ނުވާނެއެވެ. ނަމަވެސް ކުދީންގެ މިކުޅުންތަކާއި މިދުވުންތަކާއި ފުމުންތައް އަބަދު އޮވެގެންވެސް، ނަތީޖާ ރަނގަޅެއް ނުވާނެއެވެ.

މިހެންވެ، މައިންބަފައިންގެ އުފަލެއްކަމުގައި ދެކެންވީ، ކިޔެވުމަށް ވަކި ގަޑިތަކެއް ހަމަޖައްސައި އެއަށް ވަކިތާވަލެއް ކަނޑައޅައި އަދި ކުޅުމަށްވެސް ވަކިގަޑިތަކެއް ހަމަޖައްސައި އެކަމަށްވެސް ވަކިތާވަލެއް ކަނޑައަޅައި ދިނުމެވެ. އޭގެފަހުގައި މައިންބަފައިން ސަމާލުކަންދޭންވީ ކުއްޖާގެ ކިޔެވުމާއިކުޅުން، އެދެތާވަލާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށެވެ.

އެގޮތުން ކުދީންގެ ކިޔެވުމާއި ކުޅިވަރުގެ ކަންތައް، އެގޮތަށް ގެންދިޔުމަށް ކުދީންހާނުވަމުން ގެންދިޔުމަށް ނުހަނު ސަމާލުކަމެއް ދޭންވާނެއެވެ. އެހެނީ ވަކިތާވަލަކަށް ކަންތައްތައް ކުރަމުންގެންދިޔުން ކުދީންގައި އަށަގެންނެވުމަކީވެސް، ކޮންމެހެން ބޭނުން ކަމެކެވެ. އާއެކެވެ. ކިޔަވާވަގުތު ކިޔެވުމެވެ. ކުޅޭވަގުތު ކުޅުމެވެ. އަދި އެހެން ކަންތައް ކުރާ ވަގުތު އެހެން ކަންތަކެވެ.

**********

* މިލިޔުމަކީ "ކުދިން ތަރުބިއްޔަތުކުރާނީ ކިހިނެއް؟" މިމަޢުޟޫގެ މައްޗަށް، ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވައި ނެރުއްވި ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން