ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރާ ރިސޯޓްތައް ބޭނުން ކުރަމުން ގެންދާ މުއްދަތުގައި އެރަށްތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލި މަޢާފްވާނެ ކަމުގައި ކޮރޯނާ ވައިރަސްއާއި ގުޅިގެން މައުލޫމާތު ދެއްވާ ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ އެރަށްތައް ނަގާފައިވަނީ އެތަންތަނުން ދޭ ޚިދުމަތްތަކަށް ސަރުކާރުން އަގު ދައްކަން ޖެހޭ ގޮތަށް ކަމަށެވެ. އެގޮތުން ކޮޓަރިއަކަށް 750 ރުފިޔާގެ ރޭޓުން ދުވާލަކަށް ސަރުކާރުން ދައްކަން ޖެހޭނެ ކަމަށާއި ނަމަވެސް އެއީ ކޮޓަރިއެއްގައި ދެމީހުން ތިބޭއިރު ކުޑަ އަގެއް ކަމަށާއި އެއީ ކެއިންބުއިމާއި އެހެނިގެން ޚިދުމަތްތަކަށް ނަގާ އަގެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލީޓީގެ ގޮތުގައި ސަރުކާރުން ބޭނުންކުރާ ރިޒޯޓްތަކުން ދިގު މުއްދަތަކަށް ކުލި މަޢާފުކޮށްދީފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަ ތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. ހަމައެކަނި މަޢާފް ވަނީ ބޭނުން ކުރާ ދުވަސް ތަކުގެ ކުލި ކަމުގައި މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު ކަރަންޓީން ކުރަމުންދާއިރު މިކަމަށް ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އެގޮތުން މިހާރުވެސް 550 މީހުން ކަރަންޓީން ކުރެވިފައި އެބަތިބި ކަމުގައި ބަމްރޫކް ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ނިންމާފައިވަނީ ރިޒޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން ވައިގެ މަގުން އަންނަ ހުރިހާ އެންމެން 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު