ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އުމްރާނީ ގޮތުން ބެލިޔަސް، އިޤްތިޞާދީގޮތުން ބެލިޔަސް، ރާއްޖެއަށް ލިބެންޖެހޭ ކުރިއެރުންތައް ހޯދުމުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުވެ އޮތުމަކީ ދިމާވާ ބޮޑު ގޮންޖެހުމެކެވެ. ކޮންމެ ސަރުކާރުންވެސް ވެރިކަމާއި ހަވާލުވުމަށްފަހު ކުރަންޖެހިފައި އޮންނަ އެންމެ ބޮޑު މަސައްކަތަކީ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުންގެ ޝަކުވާ އަހާ، އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމެވެ. ވެރިކަމުގައި ބަޔަކަށް ތިބެވެންވެސް އޮންނަނީ މިކަންކަމަށް ހައްލުތަކެއް ހޯދައިދީގެނެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ އެންމެ މުހިއްމު ވައުދަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންނަށް އެކަން ތަނަވަސްކޮށްދިނުމުގެ ވަޢުދެވެ.



ރައީސް ސާލިހުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް މިހާރުވެސް ވަނީ މަސައްކަތްތަކެއް ފަށްޓަވާފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރިނަމަވެސް، ހިޔާ ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމައި، އެތަނަށް މީހުން ވަދެވޭވަރުކުރީ ރައީސް ސާލިހުގެ ސަރުކާރުންނެވެ. ހަގީގަތުގައި ރައީސް ސާލިހުގެ ސަރުކާރަށް ތަކުލީފަކަށް ވާގޮތަކަށް ހިޔާ ފްލެޓްގެ މަސައްކަތްތައްް ހިންގާފައި އޮތްނަމަވެސް، ރައީސް ސާލިހު ވަނީ އެ މަސައްކަތާއި ހަވާލުވެ ވަޑައިގެން އެކަން ކުރެއްވެން އޮތް އެންމެ ރަނގަޅަކަށް ފުރިހަމަކުރައްވާފައެވެ.

ކުރީގެ ސަރުކާރުން ހަމައެކަނި ހިޔާ ފްލެޓްގެ ޓަވަރުތަކެއް އެޅިނަމަވެސް އެތަނަށް ބޭނުންވާ ފެނާއި ކަރަންޓާއި އެހެނިހެން ޒަރޫރީ ކަންކަން ރައީސް ސާލިހު ފުރިހަމަކޮށްދެއްވިއެވެ. ދެވަނަ ފިޔަވަހީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ސްކޫލްތަކާއި ސިއްހީ ޚިދުމަތާއި މިސްކިތްތަކާއި ފިހާރައާއި ބަހުގެ ހިދުމަތް ފެއްޓެވީ ރައީސް ސާލިހުގެ ސަރުކާރުންނެވެ.

ހިޔާ މަޝްރޫއުގެ ކަންކަން ހަމައަކަށް އަޅުވަން މަސައްކަތްކުރެއްވިއިރު ރައީސް ސާލިހުގެ ސަރުކާރުން ގެންދިޔައީ މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އިއުލާންކޮށް، އެމަސައްކަތްތައް ފަށަމުންނެވެ.

މާލެއަށް ބަލާއިރު، 4000 ފްލެޓްގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އިންޑިއާގެ ދެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށްދާ މިމަސައްކަތް ބާރަށް ކުރިއަށްދާއިރު، މަސައްކަތުގެ ސްޕީޑަށް ބަލާއިރު އެތަންތަން ނިންމަން މާ ގިނަ ދުވަހެއް ނުނަގާނެއެވެ. އަދި އެ 4000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާއެކު އެތައް ހާސް ބަޔަކު ވަނީ އެ ފްލެޓްތަކަށް ކުރިމަތިލާފައެވެ.

ފްލެޓްގެ އިތުރުން މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ގޯތި ދިނުމަށްވެސް ރައީސް ސާލިހު ވަނީ ނިންމަވާފައެވެ. މީގެތެރެއިން 2000 ގޯތި ގުޅީފަޅުން ދޫކުރާއިރު، 1000 ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. މިކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު ހަމަވިއިރު އެކަމަށްވެސް ވަނީ އެތައް ހާސް ބަޔަލު ކުރިމަތިލާފައެވެ.



މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ރައީސް ސާލިހުގެ ސަރުކާރުން ދަނީ ބޯހިޔާވަހިކަމުގެ އެތައް މަޝްރޫއެއް ހިންގަމުންނެވެ.

ސަރުކާރުން މައުލޫމާތު ދެއްވާގޮތުގައި އަތޮޅުތަކުގެ 14 ރަށެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ މަސައްކަތް މިވަގުތުވެސް އެކި މަރުހަލާގައި ކުރިއަށްދެއެވެ. އަދި އެ މަޝްރޫޢުތަކުގެ އަގު 1.5 ބިލިއަން ރުފިޔާއަށް އަރައެވެ.

ކުޅުދުއްފުށީގައި ހިންގާ މަޝްރޫޢަކީ އަތޮޅުތެރޭގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢެވެ.

ކުޅުދުއްފުށީގައި ހިންގާ މަޝްރޫޢުގެ ދަށުން 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މިމަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 440 މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން 11 ބުރީގެ 5 ޓަވަރުގައި 1000 އަކަފޫޓުގެ ޖާގައިގެ 3 ކޮޓަރިއާއި ފާޚާނާއާއި ސިޓިންގ ރޫމާއި ބަދިގެއާއި ލޯންޑްރީގެ އިތުރުން ސްޓޯރ ރޫމެއް ހިމެނޭގޮތަށް 400 އެޕާޓްމަންޓް ތަރައްޤީކުރާނެއެވެ.

ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރަމުންދާއިރު، މަނަދޫގައި 40 ހައުސިންގ ޔުނިޓް، މިލަންދޫގައި 50 ހައުސިންގ ޔުނިޓް، ތިނަދޫގައި 200 ހައުސިންގ ޔުނިޓް، ހިންނަވަރުގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ރަށްރަށް ނޫނަސް ހައުސިންގ މަސައްކަތް ކުރިއަށްދާ ރަށްރަށް އެބަހުއްޓެވެ. އަދި ބައެއް ރަށްރަށުގެ ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމައި މީހުން މިހާރު ދަނީ އެތަންތަނުގައި ދިރިއުޅެމުންނެވެ. އޭގެތެރޭގައި ނައިފަރުގައި އިމާރާތްކުރި 100 ހައުސިންގ ޔުނިޓް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގަބޫލުކުރާގޮތުގައި މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރެވެން އޮތީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ތަރައްގީ ފަތުރާލައިގެނެވެ. އެހެން ނޫންނަމަ ހުރިހާ ތޮއްޖެހުމެއް އަންނާނީ މާލެއަށެވެ. އެހެންކަމުން ރިޔާސީ މި ދައުރު ތެރޭގައި ރަށްރަށުގައި ހުރިހާ އަސާސީ ވަސީލަތްތައް ގާއިމްކޮށް، ތަރައްގީގެ ފޮނި މީރުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއްކޮށް ނަތީޖާ ނެރެމުންނެވެ. އަދި ރައީސް ސާލިހުގެ ޒައާމަތުގައި އަންނަމުންދާ ބަދަލުތައް ރައްޔިތުން ބަލައިގަންނަކަންވެސް އެމީހުން ހާމަކުރަމުންދާ ޝުއޫރުތަކުން އެނގެއެވެ.

މިދެންނެވި މަޝްރޫއުތައް ހިންގުމުގައި އާބާދީގެ ގޮތުން ކުޑައެއް ބޮޑެއް ތަފާތެއް ނުކުރައްވައެވެ. ރައީސް ޞާލިހު އެންމެ އިސްކަމެއް ދެއްވަނީ ވެސް އެ އުސޫލުން ކަންކަން ކުރެއްވުމަށެވެ. ރައީސް ޞާލިހުގެ މިދައުރު ނިންމަވާލައްވާއިރު ކުރިއަށް އޮތް ދައުރަށް ކެމްޕޭން ކުރަށްވާ ލީޑަރަކު ވެވަޑައިގަންނަވާން ޖެހޭ އެފަދަ ތަރައްގީގެ މަޝްރޫއެއްގެ ވަޢުދެއް ނޯންނާނެކަމުގެ ޔަގީނާކަން ސަރުކާރުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ކޅޭ

24-Oct-2022

މި ރޮޕޯރޓުލިޔުނުމީހަކަށް ބާރު ސްޕީޑް އެއީ ކޮން އެއްޗެއްކަން އިނގޭތަ؟ ވެރިކަމަށް 4 އަހަރުވީ.. އެޅުނު އެންމެ ފުލެޓެއްވެސް ދައްކަބަލަ.. ދެވަނަ ކަމަކަށް ތިޔަ ބުނާ ހަލުވި ސްޕީޑުގާ އެންމެ ފުލެޓްގަޑެއްވެސް މި ވެރިކަން ނިމޭއިރު ދެއްކޭނެ ފޯރމިއުލާއެއް ލިޔެލަބަލަ.. ދެން އޮތީ ހަދަނީ އިންޑިޔާ ކުންފުނިތަކުން، ހުރިހާ ފައިސާއެއް ގައުމުން ބޭރަށް ނެރެން .. ހުސްވަގުން


8

ޙަސަން

24-Oct-2022

މިލިއުން ކިޔާލުމުން މިނިވަން ނޫސްވެރިކަމެއް ނެތްކަން އެނގޭ😢


-10

ސުމަޅޭ

24-Oct-2022

އަނގައިން ނިންމާނެ ހުރިހާކަމެއް.



ޓްރެންޑިން