މިވާހަކަ ފެށެނީ މީހަކު އޫބަރ ޓެކްސީ އަކަށް ގުޅުމުން އައި ޓެކްސީ ދުއްވަން އިން އަންހެން ޑްރައިވަރުގެ ފަރާތުން ފެނުނު އާދަޔާ ހިލާފު ކަންތައްތަކެއްގެ ވާހަކައިންނެވެ. ޓެކްސީއަށް އޭނާ އެރުމާއެކު ފެނުނު މަންޒަރުން އޭނާއަށް ހަމަހިމޭނުން ނީނދެވުނީއެވެ.

ޓެކްސީ ދުއްވާލުމައެކު ޓެކްސީއަށްއެރި މީހާގެ ނަޒަރު ހުއްޓުނީ ޓެކްސީގެ ކުރީ ޝީޓުގައި ނިދާފާއޮތް ކުޑަ ކުއްޖާއަށެވެ. އެހެންކަމުން ޓެކްސީގެ ކުރީ ސީޓުގައި ނިދާފަ އޮތް އެކުޑަކުއްޖާ އާއި ބެހޭގޮތުން ސުވާލު ނުކޮށްލާ އޭނާއަށް ހަމަ ކެއްނުކުރެވުނީއެވެ.

"މޭމް، ތީ ތިބޭފުޅާގެ ދަރިފުޅުތޯ؟" އޭނާ ސުވާލު ކޮށްލިއެވެ.

"އާން މީ އަހަރެންގެ ދަރިފުޅު. މީ އޭނާގެ ސްކޫލް ޗުއްޓީ ދުވަސްވަރު ވީމަ އޭނާ ގޮވައިގެން އަޅުގަނޑު މަސައްކަތް ކުރަނީ." ޓެކްސީ އަށް އެރި މީހާގެ ސުވާލަށް އަންހެން މީހާ އެއްވެސް ޖެހިލުމެއް ނެތި ޖަވާބު ދިނެވެ.

މިހާ ހިސާބުން އެއަންހެން މީހާގެ ވާހަކަ އިތުރަށް އޮޅުން ފިލުވާލުމުގެ ޝައުގުވެރިކަން ޓެކްސީގައި އިން ފިރިހެން މީހާގެ މާބޮޑަށް އިތުރުވެއްޖެއެވެ.

ޓެކްސީ ދުއްވަން އިން އަންހެން މީހާގެ ނަމަކީ ނަންދިނީއެވެ. އޭނާއަކީ އިންޑިއާގެ ބެންގަލޫރުގައި އޫބަރ ޓެކްސީގެ ޚިދުމަތްދޭ ހިތްވަރުގަދަ އަންހެނެކެވެ.

އަމިއްލަ ވިޔަފާރިއެއް ކުރުމަކީ ނަންދިނީގެ ހުވަފެނެކެވެ. އެހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އޭނާގެ އަތުގައި ހުރި ހުރިހާ ފައިސާކޮޅު ހޭދަކޮށްގެން ފުޑް ޓްރަކެއްގައި ވިޔަފާރި ފެށީ މީގެ އަހަރުތަކެއް ކުރިންނެވެ. އޭނާގެ މަސައްކަތް ކުރިއަރާ ދަނިކޮށް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ އާލަމީ ވަބާގައި މުޅި ވިޔަފާރި ހުއްޓި ބަނގުރޫޓުވީއެވެ.

ޓެކްސީ ދުއްވުމުގެ މަސައްކަތަކީ އޭނާގެ ހަޔާތުގައި އެއްކޮށްފައި ހުރި ލާރިކޮޅު ހޭދަކޮށްގެން އޭނާ ފެށި މަސައްކަތް ބަނގުރޫޓުވުމުން އޭނާ ކުރަންފެށި މަސައްކަތެކެވެ.

ނަންދިނީ ބުނިގޮތުގައި އޭނާ މިހާރު ދުވާލަކު 12 ގަޑިއިރު އެ މަސައްކަތްކުރެއެވެ. އަދި އެއަށްވުރެ ގިނަވަގުތު އެމަސައްކަތުގައި ހޭދަކުރަން ޖެހުނަސް އޭނާގެ އެއްވެސް ޝަކުވާއެއްނެތެވެ.

އޭނާގެ އަޒުމަކީ އޭނާގެ ބަރުބާދުވި ހުވަފެން ހަގީގަތަކަށް ހެދުމަށް އަލުން މަސައްކަތް ފެށުމެވެ. އޭނާގެ އަޒުމަކީ ފައިސާ އެއްކޮށްގެން އަލުން އޭނާގެ އަމިއްލަ މަސައްކަތް ފެށުމެވެ.

"ދަތުރު ނިމުމުން އަހަރެން އޭނާގެ ކިބައިން އެދުނީ އޭނާގެ ފޮޓޯ އެއް ނެގުމުގެ ފުރުސަތު ދިނުމަށް. އަދި އެ ފޮޓޯ އާއެކު އޭނާގެ އެހިތްވަރުގަދަ ޝަހުސިއްޔަތުގެ ވާހަކަ ލިޔެލުމުގެ ހުއްދައަކަށް ވެސް އެދުނިން." ކާރަށް އެރިމީހާ ނަންދިނީގެ ވާހަކަ ލިޔަމުން ބުނެފައި ވެއެވެ

ނަމަވެސް ޓެކްސީގެ ހިދުމަތް ހޯދި މީހާގެ އެ އެދުމަށް ނަންދިނީ ފުރަތަމަ ޖަވާބު ދިނީ ސުވާލަކުންނެވެ.

"ކީއްވެތޯ އަޅުގަނޑުގެ ވާހަކައަށް އެހާ ޝައުގުވެރިވީ؟"

"ކަމަނާގެ ތިޔަ އަޒުމާއި ހިތްވަރަކީ ވަރަށްވެސް ޝައުގުވެރި އަދި އެހެން މީހުންނަށް ނަމޫނާއަކަށް ވާނެ ވާހަކަ އަކަށް ވާތީ އާންމުންނާ ތިޔަވާހަކަތައް ހިއްސާކޮށްލަން ޝައުގުވެރިވީ،" ދަތުރު ނިމުމުން ނަންދިނީ އާއެކު ފޮޓޯއެއް ނެގުމަށްފަހު ނަންދިނީ ކުރިމަތިކުރި ސުވާލުގެ ޖަވާބުގައި ޓެކްސީގެ ހިދުމަތް ހޯދި މީހާ ބުނެލިއެވެ.

ހިތްވަރުގަދަ ނަންދިނީ ހިނިތުންވެލާފައި އޭނާގެ ވާހަކަ އާންމުކޮށްލުމަށް އެއްބަސްވުމުން ޓެކްސީ ހިދުމަތް ހޯދި މީހާ، އެހިތްވަރުގަދަ އަންހެން މީހާގެ އެވާހަކަ މީސް މީޑިއާގައި އާންމުކޮށްލީއެވެ. އެއާއެކު ނަންދިނީގެ ހިތްވަރާއި ވަރުގަދަ އަޒުމަށް ގިނަބައެއްގެ ތައުރީފު އޮހިގެން ދިޔައެވެ.



ނަންދިނީ އަކީ ހަގީގަތުގައިވެސް ވަރަށް ފުރިހަމަ ނަމޫނާއެކެވެ. ދިމާވާ ދަތި އުނދަގޫ ހާލަތުގައިވެސް ހިތްވަރު އެލުވާނުލާ މަސައްކަތްކޮށްފިނަމަ އަންހެނުންނަށްވެސް ކުރިއަށްދެވޭނެކަން ހާމަކޮށްދިން ޝަހުސިއްޔަތެކެވެ.


ކިޔުންތެރިންގެ ހިޔާލު


-11

ޙަސަނުބެ

06-Nov-2022

ބަލަ ސުނީތާއަކީވެސް ވަރަށް ހިތްވަރުގަދަ ކަނބަލެއް. ބަޔަކު ލިޔެގެންތާއެގޭނީ....



ޓްރެންޑިން