ޣައްސާން މައުމޫން
ޣައްސާން މައުމޫން
ރާއްޖޭގެ ބޯޑަރ ބަންދުކުރުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

ޣައްސާން ވިދާޅުވީ އެއަރޕޯޓާއި، ރިސޯޓްތަކުގައި މަސައްކަތްކުރާ މުއައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. އެ މުއައްޒަފުންގެ ފުރާނަތައް ރިސްކު ކުރުމަކީ ޤަބޫލުކުރައްވާނޭ ކަމެއްނޫންކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ހަގު ދަރިކަލުން އިތުރަށް ވިދާޅުވީ ނުކޮށްދޫކޮށްލެވޭ އެންމެ ކަމެއްގެ ސަބަބުން، މިހާތަނަށް ކުރެވުނު ރަނގަޅު މަސައްކަތްތައް ބޭކާރު ވިޔަ ނުދިނުމަށްޓަކައިވެސް ރާއްޖޭގެ ބޯޑަރ ބަންދު ކުރަން ޖެހޭ ކަމަށެވެ. އަދި އޭނާ ވަނީ އެކަމަށް ގޮވާލައްވާފައެވެ.



ރާއްޖޭގެ ބޯޑަރ ބަންދުކުރުމަށް ޣައްސާން ގޮވާލައްވާފައިވާއިރު، ދާދިފަހުން ރާއްޖެއަށް ޒިޔާރަތް ކުރި ބެލްޖިއަމްގެ މަޝްހޫރު ފުޓުބޯޅަ ތަރި މެރުއާން ފެލައިނީ ބައްޔަށް ޕޮޒިޓީވް ވި މައްސަަލަ ފެންމަތިވެގެން އޭނާއާއި ރާއްޖެއިން ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް ތަކެއް ވަނީ ފަށާފައެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ދިޔަ ފަހުންނެވެ. މި ކޭސްއާއި ގުޅިގެން ގިނަ ބައެއްގެ ސާމްޕަލްނަގާ ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން