ރާއްޖޭގައި އުޅޭ ބިދޭސީން ޤަވާއިދަށް ފެއްތުމަށް ހިންގި ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެފައި ތިބި ބިދޭސީން
ރާއްޖޭގައި އުޅޭ ބިދޭސީން ޤަވާއިދަށް ފެއްތުމަށް ހިންގި ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެފައި ތިބި ބިދޭސީން
ބަންގްލަދޭޝްގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުން ދިއުމާއި ގުޅިގެން އެޤައުމުން ރާއްޖެއަށް މީހުން އައުން މަނާކޮށްފައި އޮތްއޮތުން މުއްދަތެއްނެތްގޮތަށް އިތުރުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވަނީ މިއަދުން ފެށިގެން ބަންގާޅުން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން މީގެ ކުރިންވެސް ސަރުކާރުން ވަނީ ބަންގާޅުން ރާއްޖެއަށް ދަތުރުފަތުރު ކުރުން މަނާކޮށްފައެވެ. ނަމަވެސް އެ ޓްރެވަލް އެޑްވައިޒަރީ ގެ މުއްދަތު ރޭ 00:00 އަށް ވަނީ ހަމަވެފައެވެ. ބަންގްލަދޭޝް އިން މީހުން އައުން މަނާކޮށްފައިވާއިރު، ވޭތުވެދިޔަ 14 ދުވަހު އެޤައުމަށް ދަތުރު ކޮށްފައިވާ ފަރާތްތަކަށްވެސް މި ޓްރެވަލް އެޑްވައިޒަރީގެ ދަށުން ރާއްޖެއަށް އައުން ވަނީ މަނާކޮށްފައެވެ.

މިހާތަނަށް ކޯވިޑް-19 އާ ގުޅިގެން 11 ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އެއީ ޗައިނާ، އިޓަލީ، އިރާން، ސްޕެއިން، ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކާއި، ފްރާންސްގެ ދެ ސަރަހައްދަކާއި، ޖަރުމަނުގެ ތިން ސަރަހައްދަކާއި، އިނގިރޭސިވިލާތް، މެލޭޝިޔާ، ބަންގްލަދޭޝް އަދި ސްރީލަންކާއެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން