ކާށިދޫ ދާއިޜާގެ މެންބަރު ޢަބްދުﷲ ޖާބިރު
ކާށިދޫ ދާއިޜާގެ މެންބަރު ޢަބްދުﷲ ޖާބިރު
ރާއްޖޭގެ ގޭބިސީތަކަށް ވަކިވަކިން ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ސަންގުޓީވީގައި ރޭ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ސަރުކާރުން އެކަށައެޅި 2.5 ބިލިއަން ރުފިޔާއިން އެހީވާންވީ ވިޔަފާރިތަކަށް އެކަނި ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ކޮންމެ ގޭބީސީ އަކަށް 15،000 ރުފިޔާ ލިބިދިނުމަކީ މިދަނޑިވަޅުގައި ވަރަށް މުހިއްމު ކަމެއްކަމަށް ޖާބިރު ވިދާޅުވިއެވެ.

ޑީއާރުޕީ ގެ ލީޑަރ ޖާބިރު އިތުރަށް ވިދާޅުވީ، އޭނާ އަކީ މާލިއްޔަތު ކޮމިޓީގެ މެމްބަރެއް ކަމަށާއި، މިވަގުތު މިފަދަ ކަންތައްތަކާމެދު އެކޮމިޓގައި މަޝްވަރާކުރެވެމުން އަންނަ ކަމަށެވެ. އަދި އޭނާއަށް ފެނިވަޑައިގަންނަވަނީ ރާއްޖޭގެ ޓޫރިޒަމް ރީޑިޒައިން ކޮށް ރާއްޖެއަކީ ދުނިޔޭގެ ސޭފް ހެވަން އެއްގެ ގޮތުގައި ދުނިޔޭގެ މިލިޔަނަރުންނަށް ޕްރޮމޯޓް ކުރުމަށް ކަމުގައި ވިދާޅުވިއެވެ. މިއީ އެ މަސައްކަތް ކުރަންޖެހޭ ޙާލަތު ކަމަށާއި، އަދި މިހާރުގެ ޙާލަތަށް ބަލާއިރު ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ބާރަށް ކުރިއަށް ގެންދަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން