ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެދްރޮސް އަޑަނޮމް
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެދްރޮސް އަޑަނޮމް
ދުނިޔެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވީ މީހުންގެ ޢަދަދު 300000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ބުނެ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޑަބްލިއު.އެޗް.އޯ ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަޑަނޮމްވިދާޅުވީ މިބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 100000 އަށް އެރީ 67 ދުވަހުން ކަމަށެވެ. އެހެން ނަމަވެސް އެންމެ 11 ދުވަހުގެ ތެރޭގައި މި ބަލި ޖެހުނު މީހުންގެ ޢަދަދު 200000 އަށް އަރާފައިވާކަމަށާއި، އަދި 300000 ފަހަނައަޅައި ދާން ބޭނުންވީ އިތުރު ހަތަރު ދުވަސް ކަމަށެވެ.

ކޯވިޑް-19 ދުނިޔޭގައި ފެތުރުން މަޑުނުޖެހޭ ކަމަށާއި، މިބަލި ދަނީ ހަލުވިކަމާއެކު ބާރަށް ފެތުރެމުން ކަމަށް ވިދާޅުވަމުން މިއީ ހިތްދަތި ވަގުތެއްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ ތަފާސްހިސާބުގެ އަޅުންނަށްވެގެން ތިބެވޭނޭ ވަގުތެއް ނޫންކަމަށާއި، އަދި މި ވަގުތަކީ ގޮތްހުސްވެ އަތްއުރާލަންވީ ވަގުތު ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

‏ސަމާލުކަންކުޑަނުކޮށް، ރައްކާތެރިވުން އިތުރުކޮށްގެން، މި ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބަދަލުގެނެވޭނެ ކަމަށް ޑރ.ޓެޑްރޮސް ވިދާޅުވިއެވެ. ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ތިމާގެ އަމިއްލަ ރައްކަލަށާއި، އެންމެންގެ ރައްކަލަށްޓަކައި ބޭރަށް ނުނިކުމެ ގޭގައި ތިއްބެވުމަށް ކަމާބެހޭ ސިއްހީ މާހިރުން ގެންދަވަނީ އިރުޝާދު ދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން