ސްރީލަންކަން އެއަރލައިންސް
ސްރީލަންކަން އެއަރލައިންސް
ސްރީލަންކާގައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމަށްޓަކައި ޚާއްސަ ފްލައިޓެއް ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނަ މޯލްޑިވްސް އިން ބުނެފިއެވެ.

އިނަ މޯލްޑިވްސް އިން ބުނެފައިވަނީ ލަންކާގައި ދިރިއުޅޭ ގިނަޢަދަދެއްގެ ދިވެހިން އެނބުރި ރާއްޖެއަށް އައުމަށް އެދޭތީ ސަރުކާރާއި ވާހަކަދައްކައިގެން އެ ފުރުސަތު ފަހިކުރެވޭނެ މަގެއް ހޯދަމުންދާ ކަމަށެވެ. ކޯވިޑް-19 ގެ ސަބަބުން ސްރީލަންކާއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިދިޔަ ހަފްތާއިން ފެށިގެން އެޤައުމުގެ ވައިގެ މަގު ވަނީ ބަންދު ކޮށްފައެވެ. އަދި ރާއްޖެއިން ވެސް ވަނީ އެގައުމުގެ ފްލައިޓުތައް ރާއްޖެއަށް ޖެއްސުން މަނާކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުން އަންނަނީ ޕާކިސްތާނާއި، ފިލިޕީންސްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ސްރީލަންކާގައި 15000 އަށް ވުރެ ގިނަ ދިވެހިން އެކިއެކި ބޭނުންތަކުގައި ދިރިއުޅެމުން ދެއެވެ. އެޤައުމުން މިހާތަނަށް ކޯވިޑް-19 އަށް 97 މީހުން ޕޮޒިޓިވް ވެފައިވާއިރު، ދިވެހި ސަރުކާރުން ވަނީ ބޭރުން އަންނަ ހުރިހާ ދިވެހިން 14 ދުވަހުގެ ކަރަންޓީނަކަށް ދާން ޖެހޭނެކަމަށް އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


18

24-Mar-2020

ގެނަޔަސް އޯކޭ ކަރަނޓީން ކުރަންޏާ



ޓްރެންޑިން