އެނިއުލާ އިރުކޭތައެއް
އެނިއުލާ އިރުކޭތައެއް
މި އަހަރު ހިފާ ދެ އިރުކޭތައިގެ ތެރެއިން ފުރަތަމަ ކޭތަ އަންނަ އާދީއްތަ ދުވަހު ހިފާނެއެވެ. ފަލަކީ އިލްމުވެރިން ރިންގް އޮފް ފަޔާގެ ގޮތުގައި ސިފަ ކުރާ މި އިރުކޭތަ އެފްރިކާ އަދި އޭޝިއާ ބައްރުގެ ގައުމުތަކަށް ފެންނާނެއެވެ.

އިރު ކޭތަ ހިފަނީ އިރާއި ދުނިޔެއާ ދެމެދަށް ހަނދު، ސީދާ ރޮނގަކަށް ވާ ގޮތަށް އައުމުންނެވެ. އަދި ހަނދުގެ ހިޔަނި ދުނިޔެއަށް އެޅުމުންނެވެ. މި އަންނަ އާދީއްތަ ދުވަހު ހިފާ އެނިއުލާ އިރުކޭތައިގައި ހަނދުގެ ހިޔަނީގެ ސަބަބުން އިރުގެ އަލި ފެންނާނީ އަނގޮޓިއެއްގެ ސިފައިގައެވެ.

މޯލްޑިވްސް މެޓްރޮލިޖިކަލް ސާވިސް އިން ބުނެފައިވަނީ ރާއްޖެ އަށް ފަޅި ކޭތައެއްގެ ގޮތުގައި، އާދީއްތަ ދުވަހު ހެނދުނު 9:30 ހާއިރު މި ކޭތަ ފެންނާނެ ކަމަށެވެ.

މި ކޭތަ ފެންނާނެ އެހެން ގައުމުތަކުގެ ތެރޭގައި، ޔޫރަޕްގެ އިރު ދެކުނު ސަރަޙައްދާއި، އޭޝިޔާގެ ގިނަ ގައުމުތަކާއި، އޮސްޓްރޭލިޔާގެ އުތުރު ސަރަޙައްދު ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން