ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އަންނަ ހަފުތާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މެންބަރުން ގޭގައި ތިއްބަވައިގެން އިންޓަރނެޓް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިގޮތަށް މިކަން ނިންމާފައިވަނީ، ‏ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިކަން ހާމަކުރެއްވީ ދެންމެ ކުރި ޓްވީޓެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން