ދަތުރުތަކުގެ ޑިމާންޑު ދަށްވުމާގުޅިގެން ޓާކިޝް އެއާލައިނުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ޓާކިޝް އެއާލައިންގެ ފްލައިޓްތައް އައުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލާފައި ވަނީ މާޗް މަހުގެ 23 ވަނަ ދުވަހުން އޭޕްރިލް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަންނަ ގިނަ ފްލައިޓްތަކެއް މިހާރު ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

މިގޮތުން ސިންގަޕޯރ އެއާލައިން، އިއްތިހާދު އަދި އެމިރޭޓްސް އިން ވެސް ވަނީ ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން