އޭޑީކޭ ހޮސްޕިޓަލުގައި ޚިދުމަތްދޭ ކޮޓަރިއެއް
އޭޑީކޭ ހޮސްޕިޓަލުގައި ޚިދުމަތްދޭ ކޮޓަރިއެއް
އޭޑީކޭ ހޮސްޕިޓަލްގެ އޯ.ޕީ.ޑީގެ ގަޑިތަކަށް ބަދަލު ގެނައްސިއެވެ. އެހޮސްޕިޓަލުން ބުނީ މިހާރު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން މިއަދުން ފެށިގެން ހޮސްޕިޓަލުގެ އޯޕީޑީ ގަޑިތައް ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ހޮސްޕިޓަލުގެ އެހެނިހެން ޚިދުމަތްތައް ކުރިއެކޭ އެއްފަދައިން ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ. އެގޮތުން ޑޮކްޓަރުން ޑިއުޓީއާއި މެމޯ ނަމްބަރު "އާސްކް އޭޑީކޭ" އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ ކަމަށްވެސް އޭޑީކޭ ހޮސްޕިޓަލުން ހާމަކުރެއެވެ.

އޭޑީކޭއީން ވެސް ވަނީ އެޑްމިޓްކޮށްގެން ފަރުވާދޭ ފަރާތްތަކަށް ޒިޔާރަތްކުރުން ވަގުތީގޮތުން ހުއްޓުވާފައެވެ. އަދި ހުމާއި ރޯގާޖެހިފައިވާ ފަރާތްތައް ނޫންނަމަ ކޯވިޑް-19ގެ އަލާމާތްތައް ހުރިކަމަށް ޝައްކު ކުރެވޭ ފަރާތްތަކަށް ޚާއްޞަކޮށްގެން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ހިލޭ ލިބޭ "އޮންލައިން ފްލޫ" ކްލިނިކެއް އޭޑީކޭއިން ގާއިމުކޮށް ހިދުމަތް ދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން