ރީތި ބީޗް ރިސޯޓް ގައި މަސައްކަތްކުރާ ދެމީހެއްގެ ފަރާތުން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އެ ރިސޯޓު އަނެއްކާވެސް މޮނިޓަރިން ހާލަތަށް ބަދަލުކޮށްފިއެވެ.
ކޯވިޑް-19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯވިޑް-19 އާއި ބެހޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރީތި ބީޗު ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ އަކާއި ދިވެއްސެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ.
އެހެންކަމުން އެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ. މޮނިޓަރިންގައި އޮންނަ ރަށްތަކަށް އަރައި ފޭބުން މަނާވާނެ އެވެ.
މީގެކުރިން ވެސް އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ޝައްކުވެގެން ވަނީ ޓެސްޓުކޮށްފަ އެވެ. ނަމަވެސް އެމީހާގެ ނަތީޖާ ވަނީ ބައްޔަށް ނެގެޓިވް ވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު