ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށް ޕީޕީއެމްގެ އެޑްވައިޒަރެއްގެ މަޤާމް ދީފިއެވެ.
ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ވަނީ ފަސް އަހަރަށް ޖަލަށްލާފައެވެ. އެއާއެކު ޕީޕީއެމްގެ އިސް ސަފުގައި މިހާރު ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން މުޙައްމަދު ޣައްސާން މައުމޫން އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ.
އިދިކޮޅު ހަރަކާތްތައް ޕީޕީއެމުން ކުރިއަށް ގެންދަނީ ޕީއެންސީއާ ކޯލިޝަން ހަދައިގެންނެވެ. ޕީއެންސީގެ ރައީސަކީ ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. އެ ޕާޓީގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ވަހީދު އެނބުރި ސިޔާސީ މައިދާނަށް ވަޑައިގަންނަވާއިރު، މީގެ ކުރިން ޑރ. ވަހީދު ވަނީ ސިޔާސީ ދާއިރާ އަށް އެނބުރި ވަޑައިގެންނެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމްޑީޕީގެ އެކްޓިވިސްޓަކު މަގުމަތިން ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެ ވަހީދު ވަނީ ސިޔާސީގޮތުން ބަހުގެ ހަމަލާތަކެއް އެމްޑީޕީއަށް ދީފައެވެ.
އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރުމުގައި އިސްދައުރެއް އަދާކުރި ކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރާ ރައީސް ވަހީދަށް ޕީޕީއެމްގެ ޚާއްސަ މަގާމެއް ދީފައިމިވަނީ، ސިޔާސީގޮތުން އެ ޕާޓީ އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ. ވަހީދު ޕީޕީއެމް އާއި ގުޅިފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
2012 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ކަމުގެ މަގާމާއި ވަހީދު ހަވާލުވެ ވަޑައިގެންނެވިއިރު ޖެހިގެން އައި އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނު ވާދަކުރެއްވިއެވެ. ނަމަވެސް އިންތިހާބުން ވަހީދަށް ލިބިފައިވަނީ ފަސް ޕަސެންޓް ވޯޓެވެ. ސުޕްރީމްކޯޓުން ފަހުން ވަނީ އިންތިޚާބުގެ އެ ބުރު ބާތިލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު