އިންޓަރނެޓްގެ ޚިދުމަތުގެ އަގު ހެޔޮކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ގޮވާލައްވައިފިއެވެ. އިކްރާމް މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އިކްރާމް ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން މިވަގުތަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ސްކޫލްތަކާއި، ވިޔަފާރިތައް ހިންގުމަށްޓަކައި އެންމެ މުހިންމީ އިންޓަރނެޓްގެ ޚިދުމަތް ހެޔޮ އަގެއްގައި ރާއްޖޭގެ ހުރިހާ ތަނަކަށް ލިބޭނޭގޮތް ވުން ކަމަށެވެ.
"ރާއްޖެ ހިންގުމަށް މިވަގުތަށް އެންމެ މުހިއްމީ އަގުހެޔޮ، ސްޕީޑް ބާރު އިންޓަނެޓްގެ ޚިދުމަތް. ރާއްޖެ ހުއްޓުމަކަށް ނައިސް ކުރިއަށްދިއުމަށް އިންޓަނެޓަށް ލުއި ގޮތްތަކެއް ހޯދަންޖެހޭ. މިކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން." ރަސް އޮންލައިން" އަށް ދެއްވި ޚާއްޞަ އިންޓަވިއު އެއްގައި މެމްބަރު އިކްރާމް ވިދާޅުވިއެވެ.
މިގޮތުން ރާއްޖޭގައި ވީޑިއޯ ކޮންފަރެންސިންއާއި، ވައިޓްބޯޑިން އަދި ސްކްރީން ޝެއަރިންގެ ޚިދުމަތް ހިލޭ ތަޢާރަފް ކޮށްދެއްވުމަށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ އައިޓީގެ ތަޖުރިބާކާރު އިކްރާމް ވަނީ ދިރާގާއި އުރީދޫ އަށް ގޮވާލައްވާފައެވެ.
ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭ އަގު ހެޔޮ ކުރުމަށް ގިނަ ފަރާތްތަކަކުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. އަދި އިންޓަރނެޓްގެ ޚިދުމަތުގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.

ކިޔުންތެރިންގެ ހިޔާލު