ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް މީޑިއާތަކުގައި ފެތުރޭ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.
ކޯވިޑް-19 އާއި ބެހޭ މައުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބޯޑަރުތައް ބަންދުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް މީޑިއާތަކުގައި ފެތުރޭ ޚަބަރަކީ ދޮގެއް ކަމަށެވެ.
ރާއްޖޭގައި ބަލި ފެތުރެމުންދާ ހާލަތު މި ދަނީ ބަލަމުން ކަމަށާއި، އަދި ހާލަތާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ސަރުކާރުން ދަނީ އެޅުނު އެންމެ ރަނގަޅަކަށް އަޅަމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެއިތުރުން ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރަން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނެތްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު