ޔުނައިޓެޑް ޢަރަބި އެމިރޭޓްސް، ޔޫއޭއީން އެންމެ ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް އެޤައުމުގެ ބައެއް މީޑިޔާތަކުން ހާމަކޮށްފައިވީ ނަމަވެސް އެކަން އަދި ދިވެހި ސަރުކާރަށް ކަށަވަރު ނުވާ ކަމަށް ބުނެފިއެވެ.
ކޮރޯނާ ވައިރަސްއާއި ގުޅޭ މައުލޫމާތު ހާމަކުރުމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މަބްރޫކް އަޒީޒް ރަސް އޮންލައިންއަށް މައުލޫމާތު ދެއްވަމުން ރޭ ވިދާޅުވީ އެމައުލޫމާތު ކަށަވަރު ކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
“އަޅުގަނޑުމެން މިހާރު ކަމާބެހޭ ފަރާތްތަކާ (ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކާ) ވާހަކަ ދައްކަމުން މިދަނީ. އެމީހުންގެ ޖަވާބަކަށް އިންތިޒާރު މިކުރަނީ.” މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އަދި ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން އެކަން ކަށަވަރު ނުކޮށްދެއްވާ ކަމަށާއި އެފަރާތުން ކަށަވަރު ކޮށްދެއްވުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ.
ޔޫއޭއީގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ޚަލީޖް ޓައިމްސްއިން ބުނެފައިވަނީ އެޤައުމުން އިއްޔެ ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި ދިވެހި ރައްޔިތަކު ހިމެނޭ ކަމަށެވެ. އިއްޔެ ޕޮޒިޓިވްވި ގިނަ މީހުންނަކީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާ އެކި ގޮތްގޮތުން ގުޅުންހުރި މީހުން ކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު