ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް މިއަދު ގަދަ ހިތްވަރާއެކު މަސައްކަތް ކުރަމުންދާތަން ފެންނަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމަށް ތަފާތު ވިސްނުންތައް ވިސްނައިގެން އާންމު ހާލަތަކަށް ބަދަލު ވެވޭތޯއެވެ. ކޮރޯނާ ވައިރަސް ގައުމަށް އަރައި އެދިންއަނިޔާއާއި އިގުތިޞާދުތަކަށް އެދިން ގެއްލުންތަކުން އަރައިގަންނާނެ ގޮތްތަކެއް ފެނޭތޯ ހޭބޯނާރާ މަސައްކަތް ކުރަނީއެވެ. ހުއްޓިފައިވާ ރައްޔިތުންގެ ދިރިއުޅުން އަލުން އާރާސްތުކުރެވޭތޯ ތަފާތު ގޮތްގޮތަށް ހިސާބުޖަހައި ހަދަނީއެވެ. އަދިވެސް އެބުނާ ދެވަނަ ރާޅު ނަގާފާނެތީ އެރާޅުން ސަލާމަތް ވޭތޯ ކޮނޑު ވިއްދޭނެ ގޮތެއް ނަމަވެސް ހޯދަނީއެވެ.
ނަމަވެސް ދިވެހިރާއްޖެ މިކަމުގައި ވަރަށް ވެސް ތަފާތެވެ. ރާއްޖެއިން ކޮރޯނާ ވައިރަހުގެ ތެރޭގައި ވެސް ފެނުނީ ވަރަށް ތަފާތު މަންޒަރުތަކެކެވެ. ވައިރަހަށް ބިރުން ރައްޔިތުން ގެތަކަށް ވައްދާފައި ފުރަބަންދު ކޮށްގެން ވައިރަސް މައިތިރިވޭތޯ ކިޔެވުނުހާ ކިޔެވެއްޔެއް ކިޔަވާފައި މައިތިރިވާހެން ހީވީމާ ފުރަބަންދަށް ލުއިދީ ދޮރޯށިތަކުގެ ތަންޑު ނެއްޓުމާއެކު ފެންނަމުން މިދަނީ ވަރުގަދަ ސިޔާސީ މަސައްކަތް ތަކެއް ފެށުނު މަންޒަރެވެ. އެއްވުންތަކާއި ރެލީ ތަކާ މުޒާހަރާތަކެވެ.
ކުރިން ދެންނެވިހެން ކޮރޯނާ ވައިރަހަށް ބިރުން ބަންދުކޮށްފައި އޮއްވާ ފުރަތަމަ ސިޔާސީ ވާހަކަތައް ފެށުނީ މިގައުމުގެ އެންމެ އިއްޒަތްތެރީންގިނަ ގޭގެ ފުރާޅުގެ ދަށުންނެވެ. އެންމެ ބިޔަ ސިޔާސީ ގޭގެ ދޮރޯށި ހުޅުވާލީމާ ދެން ކިތަންމެ ނޫނޭ ބުންޏަކަސް އެތަނުން ނުކުންނާނީ ސިޔާސީ އަޑުތަކާއި އަރައިރުންތަކާއި ފާޑުކިއުންތަކެވެ. ހަމައެހެންމެ ބޮޑު ސިޔާސީ ސައްލާތައް ހިނގާ ގޭތެރެއިން ފެށުނު ސިޔާސީ މަސައްކަތް ފުރަބަންދަށް ލުއި ދިނުމާއެކު މީސްމީޑިއާއާއި އޮންލައިން މީޑިއާގެ ތެރެއިން ނުކުމެ އަމަލީ މައިދާނުގައި ހަރަކާތްތެރިވާން ފެށީއެވެ.
ކޮރޯނާ ވައިރަހާއެކު އެންމެ ފުރަތަމަ އުޅެން ދަސްކޮށްފައި މިވަނީ ސިޔާސީ މީހުންނާއި ބޭފުޅުންނާއި ލީޑަރުންނެވެ. ސަރުކާރު ހިންގާ މައި ޕާޓީގެ ސިޔާސީ ބޭފުޅުންނާއި ލީޑަރުން އެންމެ ބޮޑު ސިޔާސީ މައި ޖަގަހައިގައެވެ. އިދިކޮޅުން އައު އާންމު އުސޫލާއެކު ސައްލާކުރާ ބޮޑު ފެންޑާތަކާއި ކުދިކުދި މާލަން ތަކުގައެވެ. ތަޅު ހުޅުވާލާ ދޫކޮށްލުމުން މަގުމައްޗަށް ނުކުމެ ޗަރުކޭސް ކުޅެލީ އެމައިދާނަށް މުޅިން އާބައެކެވެ. އެއްދުވަހަކު މަގުމައްޗަށް ނުކުމެލާފައި އެބޭނުންވާ ފޮޓޯއެއް ލިބުނީމާވެސް ކަންނޭނގެއެވެ. ދެނެއް ނުފެނެއެވެ. ފަހަރެއްގައި ހަމަ ތިޔަ ހީކުރެއްވުނު ގޮތަށް އެކުދިން ނޫނީ އެބޭފުޅުން ބޭނުންވާ މެސެޖު ބޭނުންވާ ފަރާތަށް ދެވުނީކަމުގައި ގަބޫލުކުރެވެއެވެ.
އަޅުގަނޑު ހަމަ ދަންނަވާނީ އެންމެ ބޮޑު ސިޔާސީ ފުރާޅުގެ ދަށުން ފެށިގެން ދިޔަ ވަރުގަދަ ސިޔާސީ ބަހުސްތަކާއި ސިޔާސީ ފާޑުކިޔުންތަކާއި ސިޔާސީ މަލާމާތްތަކާއި ސިޔާސީ ކަތިލުންތަކުން ހިތްވަރު އާވެގެން، ނޫނީ ހިތްވަރު ލިބި ބިރު ފަހަނައަޅާ ގޮސްގެން އިދިކޮޅުވެސް އެއްވެ މަސްހުނިވެ ވަރުގަދާން ފެށީއެވެ. ފޮނު އަރާ ރައިސްގެ ވައްތަރު ތަކާއި ފޮނު ނާރާ ރައިސްގެ ވައްތަރުތައް ގެނަސް ބައިތެރެއަށް ވައްދައިގެން ގަދައަށް ސިޔާސީ މަސައްކަތް ފަށައިގަތީއެވެ. ރިޔާސީ އިންތިހާބަށް ހާލި ހަދާ ބޮޑުކުރަން ފެށީއެވެ. އެއްކަލަ އިދިކޮޅު އެންމެން އަރާ ގާ ބޮޑުކޮށް ބިޔަކޮށް ވަރުގަދަ ކުރަން ފެށީއެވެ.
2023 އަދި ވަރަށް ދުރެވެ. އެކަމަކު މަޖިލީހުގައި އެ ޖަހާންފެށި ސަކަރާތެއްގެ ސަބަބުންނާއި އެއިވޭ އަޑުތަކުގެ ސަބަބުން 2023 ގެ ކުރިން ވެސް އިންތިޚާބު ބައްދަލު ކޮށްފާނެ ކަމަށް ބެލެވެނީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް ކަންތައް ގަނޑެއް ހިނގާން އެބަ އުޅެއެވެ. ވަރުގަދަ ހިލުންގަނޑެއް ހިލޭން އެބައުޅެއެވެ.
އަޅުގަނޑުމެންގެ ސިޔާސީ މަސްރަހު ވަރުގަދަވެ ސިޔާސީ ޕޯޑިއަމްތަކުގެ އަޑު ގަދަވެ އެންމެ ބޮޑު ސިޔާސީ ފެންޑާ ނުވަތަ ސިޔާސީ ބޮޑުގެ ކަމަށްވާ މަޖިލިސްކުރާ ގޭތެރެއިން ފެށި ސިޔާސީ މަސައްކަތް މިއަދު މަގުމައްޗާއި ހަމައަށް ނުކުމެފައިވާއިރު އަޅުގަނޑުމެން އަދި މިތިބީ ސިޔާސީ ކަންކަމާއި ވިސްނޭ ވަރަށް ފުދިފައިތޯ ނޫނީ އެވަރަށް ހުން ވިހެލާފައިތޯ ސުވާލު އުފެދެއެވެ. އަޅުގަނޑު ހިތުން ކަންކަން ކުރަންވާނީ އެކަމެއްގެ މުނާސަބު ވަގުތުގައެވެ. ކޮންމެ ކަމެއް ކުރާންވެސް ވަގުތަކާއި ހާލަތެއް އޮވެއެވެ. އަދި އެވަގުތާއި ހާލަތަށް ބަލާންވެސް ޖެހެއެވެ. ގަދަ ކޮޅިގަނޑުގެ ތެރޭގައި ކަނޑު ދުއްވާން ނުކުމެއްޖެއްޔާ ގިނަ ފަހަރަށް ޖެހެނީ ހާލުގައެވެ. ކުރިއަށް ކަނޑާ ފަހަރަށް ވުރެ ގިނަވާނީ ފަހަތަށް ކަނޑާ ފަހަރެވެ. ފެންނަގާށޭ ބުނަނީވެސް ވާރޭވެހޭ މޫސުމުގައެވެ.
ކޯވިޑް-19 ޢާލަމީ ވަބާގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ އިގުތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަނެ ހުއްޓިފައިވާ އިގުތިސޯދުތައް އަލުން ނަގާ ކޮޅަށް ޖެހޭތޯ ބިޔަ ބޮޑެތި ގައުމުތަކާއި އެންމެ ކުދި ގައުމުތަކުން މަސައްކަތް ކުރަމުންދަނީއެވެ. މަދު ގައުމެއްގައި މެނުވީ ސިޔާސީ ވާދަވެރިކަމެއް ސިޔާސީ އަރައިރުމެއް ކޯޅުމެއް ވެސް ނެތެވެ. ހުއްޓާނުލާ ރެއާ ދުވާލު ކުރަމުން އައި ހަނގުރާމަތަކަށް ވެސް އެވަނީ މަޑުޖެހުން އައިސްފައެވެ. ގައުމުތަކުގެ ވަރުގަދަ އަސްކަރިއްޔާ ތަކުން ވެސް މިހާރު ހަނގުރާމަ ކުރަމުން އެދަނީ މި ވަރުގަދަ ރޯގާ ބަލިމަޑުކަމާ ދެކޮޅަށެވެ. ރައްޔިތުންނާއި ގައުމު މި ވަބާއިން ސަލާމަތް ވެގެން ނޫނީ އެއްވެސް މީހަކަށް ސަލާމަތެއް ނެތްކަން ވިސްނޭތީއެވެ.
އަޅުގަނޑުމެންގެ މިކުޑަކުޑަ ގައުމު މިކަމުގައި ވެސް ވަރަށް ތަފާތެވެ. ސިޔާސީ ބޮޑު ފެންޑާގައި މައި ސޯބުތައް އެނބުރޭގޮތުން މިސާލު ނަގައިގެންވެސް ކަންނޭނގެއެވެ. ބޮޑު ފެންޑާގައި ސޯބުތައް އެނބުރޭން ފެށީ ފުރަބަންދުގައި އޮއްވައެވެ. އޭގެ ފަހަތުން އެނބުރޭން މިފެށި ކުދި ސޯބުތައް އެނބުރޭން މިފެށީ ފުރަބަންދަށް ލުއިތަކެއް ދިނުމުންނެވެ.
މިހާރު މިފެންނަނީ އެންމެހާ ސިޔާސީ ވެރިންނާއި ބޭފުޅުން ކޮރޯނާ ވައިރަހާއި ގައުމު ދޫކޮށްލާފައި ސިޔާސީ މައިދާނަށް ނުކުމެ މަސައްކަތް ފަށައި ގަތްތަނެވެ. ސިޔާސީ މަސައްކަތްތަކާއިގެން ކުރިއަށް ޖެހިތަނެވެ. އެބަޔަކު އެއްވާނީ އެބަޔަކު ސައްލާކުރާނީ އެބަޔަކަށް ލިބުނު މާލަމެއްގައޭ ބުނެ ދެކޮޅުންވެސް ސިޔާސީ މަސައްކަތް ގަދައަށް ޖެއްސީއެވެ.
އެކަމަކު އަޅުގަނޑުމެންގެ ގައުމު މިއޮތީ އެހާހިސާބުގައިތޯއެވެ؟ ރައްޔިތުން ތިބީ އެފަދަ ހާލަތެއްގައި ތޯއެވެ؟ ގައުމުގެ އިގުތިސޯދާއި މާލީ ހާލަތު އޮތީ ވެންޓިލޭޓަރުގައެވެ. އެކަން މާލީ ވަޒީރު އެބަ ކަށަވަރުކޮށްދެއްވައެވެ. ބޮޑު ތިޖޫރީގައި ފައިސާ ނެތްކަން އެ ވަޒީރު އެބަ ކަށަވަރު ކޮށްދެއްވައެވެ. ރައްޔިތުންގެ އާނމުދަނީ ހުއްޓިފައިވާކަމަށް ރައްޔިތުން އެބަ ބުނެއެވެ. ވަޒީފާއެއް، ކުރާނެ މަސައްކަތެއް ނެތްކަން ގިނަ ރައްޔިތުން އެބަ ބުނެދެއެވެ. އަދި ނުބުންޏަސް އެނގޭ ބަޔަކަށް އެބައެނގެއެވެ.
ސަރުކާރުން އެވަނީ މިހާލަތުން އަރައި ގަތުމަށް މަސައްކަތް ފަށައިފައެވެ. ހިތްވަރުކޮށްފައި ފަތުރުވެރިކަން ހުޅުވާލުމަށެވެ. ދުވާލަކު އެންމެ މަތިންދާ ބޯޓެއް ނަމަވެސް ޖެއްސޭތޯއެވެ. ކިތަންމެ އުނދަގުލަކާއި ވޭނެއް އުފުލައިގެން ވިޔަސް ބޯޑަރު ހުޅުވާލައި ބަޔަކު ގައުމަށް ވައްދައިގެން ފައިސާ ފޮއްޗެއް ލިބޭތޯއެވެ.
އެކަމަކު މަސްރަހު މިފެންނަނީ އެގޮތަކަށް ނޫނެވެ. މަޖިލިސް ކުރާ ގޭގައި ބަހުސްކޮށް ފާޑުކިޔައި މައްލަވަކޮށް ޖަދަލުކޮށް ހިތުހުރިހާ އެއްޗެއް ގޮވާ ހަދަން ފެށުމުން މިފެންނަނީ މަސްރަހު ހޫނުވަމުންދާ މަންޒަރެވެ. ކުއްލިއަކަށް ވަކި ބަޔަކަށް އަމާޒުކޮށް ތަހުގީގުތައް ފަށައިފިއޭ ބުނެވޭނެ ޖާގަ ދީފައި އެކަން ފެށުމުން ނުކުންނާނެ ނަތީޖާއެއް އަދި ނޭނގެއެވެ.
ކޮންމެއަކަސް ހަތަރު ފަރާތުން މިހާރު މިފެންނަނީ ކޮރޯނާ ވައިރަހުން ގައުމު އަރައިގަތުމަށް ކުރެވޭ މަސައްކަތަށް ވުރެ އެހެން ކަންކަމަށް ސަމާލުކަން ހުއްޓެމުންދާ މަންޒަރެވެ. މިއަދުގެ ހާލަތާ ނުގުޅޭ މަސައްކަތްތަކެއް ކުރެވެމުންދާ މަންޒަރެވެ. ހާލަތާއި ވަގުތާ ނުގުޅޭ ކަންތައްތަކެއް ހިނގަމުންދާ އަޑުތަކެވެ.
ހަގީގަތުގައިވެސް ގައުމު އަދި އޮތީ ވަރަށް ދަތި އުނދަގޫ އަދި ކުޑަކޮށްވެސް އުފާވެރި ހާލަތެއްގައެއް ނޫނެވެ. ރައްޔިތުން ތިބީ އަދި އެއަށްވުރެ މާ ދަތި އުނދަގޫ ހިތްދަތި ހާލަތެއްގައެވެ. މިދެންނެވީ މަހުމުސާރައާއި އިނާޔަތްކޮޅު މަހުންމަހަށް ބަރާބަރަށް ލިބޭތީ ކަންކަމާއި ކަންބޮޑުވެ ވިސްނާން ނުޖެހޭ ބޭބެފުޅުންނާއި އިއްޒަތްތެރީންގެ ވާހަކައެއް ނޫނެވެ. ގައުމުގެ އާދައިގެ ރައްޔިތުންގެ ވާހަކައެވެ.
ސިޔާސީ ތަފާތު ވިސްނުންތަކާއި ސިޔާސީ ތަފާތު ފިކުރުތަކާއި ޚިޔާލާތު އެއްފަރާތްކޮށްފައި އެންމެން ގުޅިގެން ގައުމާއި ރައްޔިތުން މި ދަތިހާލުން ސަލާމަތްކޮށް މިހާލަތުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރަންވީ މިދަނޑިވަޅުގައި ހުރިހާ ލީޑަރުން މިތިއްބެވީ ސިޔާސީ ހަތިޔާރު ނަގައިގެންނެވެ. ވާނީވެސް އެހެންތާއެވެ. ބޮޑު ގޭތެރެއިން މިފެންނަނީ "ބޮޑުދެގެރި ތަޅާ ތަނެވެ. އެހެންވީމާ ދެން ހުރިހާ ބާރެއް ކުރާނީ ކަށްގަލަށް" ނޫންތޯއެވެ؟

ކިޔުންތެރިންގެ ހިޔާލު