ޗައިނާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާ ބައްދަލުކުރައްވަނީ
ޗައިނާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާ ބައްދަލުކުރައްވަނީ
ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން އަވަސް އަދި ހަލުއި ފިޔަވަޅުތަކެއް އަޅަންފަށައިފައި ވުމާއި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައިވާތީ ދިވެހި ސަރުކާރުގެ މަސައްކަތް ތަކަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަން ލިއޮން ތަޢުރީފު ކުރައްވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން އެޅި ހަލުއި ފިޔަވަޅުތަކަށް ތަޢުރީފު ކުރައްވައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަނީ ދުނިޔޭގެ އެންމެ ބާރުގަދަ އަދި އެންމެ ކުރިއަރާފައިވާ އެމެރިކާއާއިން މިކަމުގައި އިހުމާޅުވެފައިވާ މިންވަރު ހާމަކޮށް ވޮޝިންޓަން ޕޯސްޓްގެ ކޮރެސްޕޮންޑެންޓް އެމިލީ ރުހާލާ ކޮށްފައިވާ ޓްވީޓެެއް ޓެގް ކުރައްވާފައެވެ.

އެމިލީ ރުހާލާގެ ޓްވީޓްގައި ބުނެފައިވަނީ އެމެރިކާ ރައްޔިތުން ކުރަން ޖެހިފައިވާ އެންމެ ހިތްދަތި ތަޖުރިބާއަކީ ޗައިނާއިން މިކަމުގައި އުފުލި ވޭނުން އެމެރިކާ ފިލާވަޅު ނުހޯދުމެވެ. މި ޓްވީޓް ޓެގް ކުރައްވައި އެމްބެސަޑަރ ވިދާޅުވެފައިވަނީ ދިވެހި ރާއްޖެއިން ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ހަނގުރާމަ ކުރަން ނުކުތީ ވަރަށް ތަފާތު ގޮތަކަށް ކަމަށެވެ. އަދި ރާއްޖެއިން ވަރަށް ދުރާލާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަން ފާހަގަ ކުރައްވާ ސަފީރުވަނީ މިކަމަށް ތަޢުރީފު ކުރައްވާފައެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައިވާއިރު ރާއްޖެއިން ބަލި ނުފެންނަނީސްވެސް ދިޔައީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. މިގޮތުން މިހާރުވެސް ސަރުކާރުން ގެންދަނީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށް ހަރުދަނާ ކުރަމުންނެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ފަސް މީހަކު މިހާރު ރަނގަޅުވެފައިވާއިރު ރާއްޖެއިން ބަލި ޖެހުނު އެންމެންނަކީވެސް ބިދޭސީންނެވެ. އަދި މީގެތެރޭގައި ގިނައީ ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން