ރާއްޖޭގައި އޮތީ ހަމައެކަނި ދެޕާޓީ ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިއަދު ކުރަށްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮތީ ދެ ފިކުރެއް ވެސް ނޫން ކަމަށާއި ވަގުތު އައިސް ޖެހުމުން އެކަން އެނގޭނެ ކަމަށެވެ.
"ރާއްޖޭގައި އޮތީ ހަމައެކަނި ދެޕާޓީ ނޫން ކަމާއި، އެންމެން ތަބާވަނީ އެ ދެޕާޓީގެ ފިކުރަށް އެކަނި ނޫންކަން ތާރީޚް އޭގެ ޒާތުގައި ބުނެދޭ. އަދި ވަގުތު ޖެހުމުން އެކަން ވަރަށް ރަނގަޅަށް އެނގިގެން ދާނެ." ޖޭޕީގެ ކައުންސިލް މެންބަރު އަމީން ވިދާޅުވިއެވެ.
އަމީންގެ ފާޑުކިޔުން އަމާޒު ކޮށްފައިވަނީ ބެލެވޭ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ނައިބު ރައީސަކަށް ހުންނަވަނިކޮށް ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޑރ. ޖަމީލް ވަކި ކުރީ، މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ފަހުއެވެ. އެއަށްފަހު އިނގިރޭސިވިލާތުގައި ޔުނައިޓެޑް އޮޕަޒިޝަންއެއް އުފެދި ޑރ. ޖަމީލް ވަނީ ގާސިމް އިބްރާހީމާއި ރައީސް މުހައްމަދު ނަޝީދާއި އެކު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ޑރ. ޖަމީލް ޖޭޕީގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވައިގެން ލިބިވަޑައިގެންނެވި ނާކާމިޔާބާއެކު ވަނީ މި ސަރުކާރަށް ފާޑުވިދާޅުވާން ފަށްޓަވައިފައެވެ. އަދި އޭގެފަހުން މަސައްކަތް ކުރަށްވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ. ޑރ. ޖަމީލް ވަނީ ރޭ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ. ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށްފަހު ޑރ. ޖަމީލް ވިދާޅުވެފައިވަނީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހުރިހާ މައްސަލައަކަށް ޙައްލެއް ލިބެން އޮތީ ރައީސް ޔާމީން ޖަލުންނެރެ ރާއްޖޭގެ ވެރިކަމަށް ގެނެސްގެން ކަމަށެވެ. އަދި ރާއްޖޭގައި އޮތީ ދެފިކުރު ކަމަށާއި އެދެ ފިކުރަކީ އެމްޑީޕީއާއި ޕީޕީއެމްގެ ފިކުރުކަމުގައި ޖަމީލު ވަނީ ސިފަ ކުރައްވާފައެވެ.
އަމީން ކުރެއްވި ޓްވީޓްގައި ވަނި، ޑރ. ޖަމީލް ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގެ ފޮޓޯއަކާއި، ރައީސް މުޙައްމަދު ނަޝީދުގެ ފޮޓޯއެއްވެސް ހިމަނުއްވާފައެވެ. އަމީން މިފަދަ ޓްވީޓެއް ކުރެއްވިއިރު މިއަދަކީ އެމްޑީޕީގެ އަހަރީ ދުވަސްކަންވެސް ފާހަގަ ކުރެވެއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ވަރުގަދަ، އެންމެ ނުފޫޒު ގަދަ ޕާޓީއަކީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއެވެ. އެ ޕާޓީގެ އެންމެ އިސް ލީޑަރަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. އަދި ޕާޓީގެ ރައީސް އަކީ، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ރާއްޖޭގައި ދެވަނަ އަށް އެންމެ މަޤްބޫލް ޕާޓީއަކީ، ރައީސް މައުމޫން އުފެއްދެވި، ނަމަވެސް ފަހުން ސިޔާސީ ޙިކުމަތުން ރައީސް މައުމޫންގެ އަތުން ރައީސް ޔާމީން އަތުލެއްވި ކަމަށް ބުނާ ޕީޕީއެމްއެވެ.
ރާއްޖޭގައި ތިންވަނަ ފިކުރެއް އޮތްކަމަށް ޖުމްހޫރީން ޕާޓީން އަބަދުވެސް ދަޢުވާކުރެއެވެ. މިހާތަނަށް ޖޭޕީ ވާދަ ކޮށްފައިވާ ރިޔާސީ އިންތިޚާބުތަކައި ފެނިފައިވާ ނަތީޖާއަށް ބަލާއިރު ކޮންމެ ފަހަރަކުވެސް ތިންވަނަ ފިކުރެއްގެ ގޮތުގައި ނަތީޖާ ދައްކާފައިވަނީ ޖޭޕީއެވެ. މިހާތަނަށް ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ތަކުގެ ދެވަނަ ބުރުގައި ނަތީޖާ ބުރަވެފައި ހުރީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް އަރުއްވާ ކޮޅަކަށެވެ. އެހެންވީމާ ޖޭޕީން އަބަދުވެސް ބުނަމުން ގެންދަނީ ވެރިކަމަށް އަންނަން ކޮންމެ ޕާޓީއަކުންވެސް ޖޭޕީގެ އެހީ ބޭނުންވާ ކަމަށެވެ. އަދި އެއީ ކިންގް މޭކަރ ކަމަށް ބުނެ، 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖޭޕީން ގެންދަނީ އެކަން ސާބިތުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު