ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވެދާނެ އިމަރޖެންސީ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން، ފަރިތަކުރުމެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. މި ހަރަކާތް ކުރިއަށްދަނީ މާލޭގެ 3 ސަރަހައްދެއްގައި މެންދުރު 12:30 އިން 3:30އަށް ކަމަށް އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ވެއެވެ.
މިހަރަކާތް ކުރިއަށް ދާ ވަގުތު، އެ ސަރަޙައްދު ތަކަށް ވަދެ ނުކުތުން ވަގުތީ ގޮތުން ހުއްޓުވުން އެކަށީގެންވާކަމަށާއި، މިފަރިތަކުރުން ކުރިއަށްދާއިރު ކަމާ ގުޅުންހުރި މުއައްސަސާތަކުން ދޭ އިރުޝާދާއި އެއްގޮތަށް ޢާއްމުންގެ ޢަމަލުތައް ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފައިވެއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ވަނީ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު