މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު
މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު
ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ދެފަހަރަށް ވެރިކަން ހަވާލުކުރި އެމްޑީޕީއަކީ ފަނާކުރާ ފިކުރުކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ނައިބުރައީސް، މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު އެމްޑީޕީއަށް 15 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރައްވައިފިއެވެ.

އެމްޑީޕީއަށް 15 އަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަކުރައްވައި ކުރެއްވި ޓްވީޓެއްގައި ސަޢީދު ވިދާޅުވީ، ހާމަވަނީ އެކެއްގެ މުށުތެރޭގައި މާބޮޑަށް ތާށިވެފައިވާކަން ކަމަށާއި، ފަނާކުރުވަނިވި ސިޔާސަތު ބަދަލުނުވާކަމަށެވެ.

އެގޮތުން ސައީދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން އިކޮނޮމީ އިނދަޖެހޭ ކަމަށާއި ކޮރަޕްޝަން އިތުރުވާ ކަމަށެވެ. އަދި ޖުޑީޝަރީއާ މާބޮޑަށް ދޯޅުވެ ބިރުދައްކައިގެން ބާރުތައް އެފުށް މިފުށަށް ޖާހަކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ އެންމެހައި މެންބަރުންނަށް ތަހުނިޔާ ފޮނުއްވައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި އެމްޑީޕީގެ 15 އަހަރުގެ ދިގު ޙަޔާތުގައި ދެ ފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިއްޖެކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި ހުރިހާ ސިޔާސީ ވާދަވެރިން ވެސް ރޫޅިފައިވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

"ﷲ އިރާދަފުޅުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީ އަށް." ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ވަނީ ޕާޓީގެ މެންބަރުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން