އާދަމް ޝަރީފް ޢުމަރު. އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރ
އާދަމް ޝަރީފް ޢުމަރު. އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރ
"ލަކުޑި ކާޅަކަށް ދޮންކޭލެއް ނުކެވޭނެ" ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެއެވެ.

ހުރިހާ ސިޔާސީ ޕާޓީއެއް ރޫޅިފައިވާ ކަމަށާއި އަދިވެސް ކަންކަން ކުރެވޭނީ ހަމައެކަނި އެމްޑީޕީ އަށް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ގިނަ ބަޔަކު އެދި އެދި ތިބި ފަދަ ތަރައްގީއެއް މިހާތަނަށް ގެނެސްދިނީ ޕީޕީއެމްގެ ސަރުކާރުގައި ކަމަށެވެ. އަދި ވަޢުދުތައް އެންމެ ރަނގަޅަށް ފުއްދޭނީ ތަރައްޤީ ގެންނަން އެނގޭ ބަޔަކަށް ކަމަށާއި، 2023ގައި ރާއްޖޭގައި ވެރިކަން ކުރާނީ ރައީސް އަބްދުﷲ ޔާމީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ލަކުޑި ކާޅަކަށް ދޮންކޭލެއް ނުކެވޭނެ" ކަމަށް ވިދާޅުވެ އާދަމް ޝަރީފް ވަނީ، އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީ އަށް ކަމަށް ނަޝީދު ވިދާޅުވި ބަސްފުޅަށް ރައްދު ދެއްވާފައެވެ.

ސިޔާސީ ޕާރޓީއެއްގެ ގޮތުގައި 26 ޖޫން 2005 ގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އެމްޑީޕީ އަށް އިއްޔެ ވަނީ 15 އަހަރު ފުރިފައެވެ. އެމްޑީޕީ ވުޖޫދުވުމަށްފަހު އެ ޕާޓީއަށް ނިސްބަތްވާ ރިޔާސީ ކެންޑިޑޭޓުން ދެފަހަރުގެ މަތީން ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރެވިފައިވެއެވެ. މިގޮތުން 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމަށް ރައީސް މުޙައްމަދު ނަޝީދު އިންތިޚާބު ކޮށްފައިވާއިރު، 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިންތިޚާބު ކޮށްފައެވެ. ނަމަވެސް މި ދެ ފަހަރުވެސް އެމްޑީޕީއަށް ވެރިކަން ލިބިފައިވަނީ ކޯލިޝަނެއްގެ ތެރެއިންކަން ފާހަގަކުރެވެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ އެންމެހައި މެންބަރުންނަށް ތަހުނިޔާ ފޮނުއްވައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި އެމްޑީޕީގެ 15 އަހަރުގެ ދިގު ޙަޔާތުގައި ދެ ފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިއްޖެކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި ހުރިހާ ސިޔާސީ ވާދަވެރިން ވެސް ރޫޅިފައިވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

"ﷲ އިރާދަފުޅުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީ އަށް." ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ ޕާޓީގެ މެންބަރުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ތިމަންނަ

28-Jun-2020

މީ އަނެއްކާ ހަމަ މީހެއްބާ .... ރުނޑި ކާޅަށް ދޮންކެޔޮ ނުކެވެނީ



ޓްރެންޑިން