މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުޙައްމަދު ސަޢީދު
މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުޙައްމަދު ސަޢީދު
އިދިކޮޅުން ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ފާޑުކިޔަސް ކަންބޮޑު ނުވާކަމަށް ޚާރިޖީ ވަޒީރު ވިދާޅުވުމުން އެމްޑީޕީއަށް އާ ލީޑަރޝިޕެއް މުހިއްމު ކަމަށްޕީއެންސީގެ ނައިބު ލީޑަރ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޕީޕީއެމްގެ ތެރެއިން އުފެއްދި ޕީއެންސީގެ ނައިބު ރައީސް އެމްޑީޕީއަށް އައު ލީޑަރޝިޕެއް ބޭނުންވާ ކަމަށް ވިދާޅުވެފައި މިވަނީ، ރާއްޖެއާއި ޗައިނާ އާއި ދެމެދުގައި ސިޔާސީ ގޮތުން އޮތް ގުޅުމާމެދު އޭނާ ފާޅުކުރަށްވާ ޚިޔާލުފުޅުތަކާއި ގުޅިގެން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަރުގަދަ ރައްދުތަކެއް ދެއްވާފައި ވަނިކޮށެވެ.

ރާއްޖެއާ ގުޅޭގޮތުން ޗައިނާގެ ބަސް އިއްވާނީ ޗައިނާ ސަފީރުކަމަށާއި، ޗައިނާ ސަފީރު ވިދާޅުވެފައިވާނީ ރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮތީ ޚާއްސަ ގުޅުމެއް ކަމަށާއި، އެ ގުޅުން އިތުރަށް ބަދަހިވަމުން ދާތަން ފެންނަކަމަށް ސަފީރު ވިދާޅުވެފައިވާ ކަމުގައި ޢަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި ޗައިނާ ސަފީރު މިމޭރުމުން ވިދާޅުވެފައި ވަނިކޮށް ރައީސް ޔާމީނުގެ ސަރުކާރުގެ ވަޒީރަކު ރާއްޖެއާއި ޗައިނާއާ ދެމެދުގައި މިހާރު ގުޅުމެއް ނެތޭ ވިދާޅުވުމުން އެއީ ދިވެހިސަރުކާރުން ވަންނަންޖެހޭ ކަމެއް ނޫންކަމަށް ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

"ޗައިނާ ސަރުކާރުން އެހީ ދެއްވަނީ ރައީސް އަބްދުﷲ ޔާމީނަކަށް ނޫން. ކުރީ ސަރުކާރުގައި ތިއްބެވި ވަޒީރުންނަކަށް ނޫން. ޗައިނާ ސަރުކާރުން ދެމުންދާ އެހީ ދެނީ ދިވެހި ރައްޔިތުންނަށް. އެ އެހީ މި ސަރުކާރަށްވެސް ދޭނެ. އެއީ މި ސަރުކާރަކީ ދިވެހި ރައްޔިތުން އިޚްތިޔާރުކޮށް އިންތިޚާބު ކޮށްފައި އޮތް ސަރުކާރު." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރުގެ ވާހަކައާއި ގުޅިގެން "ރަސްއޮންލައިން" ގައި ޝާއިޢު ކުރި ޚަބަރަކާއި ގުޅުވައިގެން ސަޢީދު ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ކަންކަމަށް ރައީސް މުޙައްމަދު ނަޝީދު ގޮތް ވިދާޅުވަމުންދާތީ ޤައުމުގެ މިސްރާބު އޮޅި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އޮޅުން އަރާ ކަމަށެވެ.

ރައީސް ނަޝީދަކީ ޗައިނާގެ ސިޔާސަތުތަކާއި ރާއްޖެއާއި ޗައިނާއާއި ދެމެދު ހިންގާފައިވާ މުއާމަލާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އާންމުކޮށް އިންޑިއާއަށް ކުރައްވާ ދަތުރު ފުޅުތަކުގައި އިންޑިއާގެ މީޑިއާތަކަށް ދެއްވާ ބަސްދީގަތުން ތަކުގައި ރާއްޖޭގައި ޗައިނާގެ އެހީގައި ހިންގާ މަޝްރޫޢު ތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޗައިނާއިން އެހީދެނީ ރަނގަޅު ނިޔަތެއްގައި ނުވަތަ ރަނގަޅު ގޮތުގައި ނޫންކަށް ވެސް ސިފަކުރައްވަފައި ވެއެވެ. މިފަދަ ބައެއް ވާހަކަތަކާއި ގުޅިގެން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރާއި ރައީސް ނަޝީދާއި ދެމެގު ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތައް ބަދަލު ކުރެވިފައި ވެސް ވެއެވެ. އެހެންކަމުން ވަކި ބޭފުޅަކު ދައްކަވާ ވާހަކައަކުން ރާއްޖެއާއި ބޭރުގެ ގައުމުތަކާއި ދެމެދު އޮތް ގުޅުމަށް ބުރޫނާރާނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވުމުން އެބަސް ރައީސް ނަޝީދަށް ވެސް ރައްދުވާކަމަށް ބެލެވޭނެ ޖާގަ އޮތްކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެވެއެވެ،

އެޚަބާރާއި ގުޅުވައިގެން އެމްޑީޕީގެ ލީޑަރޝިޕް ބަދަލު ކުރުމަށް ސައީދު ގިވާލެއްވީ މިސަބަބަށްޓަކާ ކަމަށް ބެލެވެއެވެ.

ޝާހިދު އެ ޕްރޮގްރާމްގައި އިތުރަށް ވިދާޅުވެފައިވަނީ، އެކިއެކި ބޭފުޅުން ފާޅުކުރަށްވާ ޚިޔާލުފުޅުތަކަށް މި ސަރުކާރަށް ހުރަސް ނޭޅޭނެ ކަމަށާއި، އެ ފަރާތްތަކުން އެފަދަ ޚިޔާލުފުޅުތައް ފާޅުކުރަށްވަނީ ޤާނޫނު އަސާސީ އިން ލިބިދޭ އިމުގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅާނީ ދިވެހި ސަރުކާރުން ކަމަށާއި، އެ ސިޔާސަތު ކަނޑައަޅުއްވަނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށާއި، އެނޫން ގޮތްގޮތަށް ދެކެވޭ ވާހަކަތަކަކީ އަމިއްލަ ފަރުދުންގެ ޚިޔާލުތައް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ވަރަށް ސާފު އިބާރާތުން އޮންނަ ކަމެއް އެއީ، ރައީސުލް ޖުމްހޫރިއްޔާއަށް ޚާއްޞަ ކުރެވިފައިވާ ބާރެއް އެއީ، ދިވެހި ދަޢުލަތުގެ ޚާރިޖީ ސިޔާސަތު ރާވައި ހިންގުން." ޚާރިޖީ ވަޒީރު ވިދާޅުވެފައިވެއެވެ.

ޝާހިދު ވިދާޅުވީ އެފަދަ ޚިޔާލުތަކަށް ބޭރުގެ ޤައުމުތަކުން އަޅާނުލާނެ ކަމަށާއި، ބަލާވެސް ނުލާނެ ކަމަށެވެ. އެއީ، ދިވެހި ސަރުކާރުގެ ނަމުގައި ބަސް ވިދާޅުވާނީ އެންމެ ބޭފުޅެއް ކަމަށާއި، އެއީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ބޭރުގެ ޤައުމުތަކުގެ ޚާރިޖީ ސިޔާސަތަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި، ޚާއްސަކޮށް ޗައިނާގެ ޚާރިޖީ ސިޔާސަތަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.

"ޗައިނާ ސަރުކާރަށް ވަރަށް ސާފުކޮށް އެނގޭ ކުރިން އޮތް ސަރުކާރުން ކަން ކޮށްފައި އޮތްގޮތް. ކަންކަން ހިންގާފައި ހުރި ގޮތް. އެކަމުގެ ސަބަބުން ނިކުމެފައިހުރި ދަތިތައް. އެގޮތަށް އެ ދައްކާ ވާހަކަތައް އެއީ ޗައިނާ ސަރުކާރުގެ ފަރާތުން ދައްކާ ވާހަކައެއް ނޫން. އެއީ ރާއްޖޭގެ އިދިކޮޅު ފަރާތުން ރާއްޖޭގެ ދާޚިލީ ސިޔާސީ މާޙައުލުގައި ފިތުނަ ކުރުމަށް ދެކޮޅުވެރިކަން އުފެއްދުމަށް ދައްކާ ވާހަކަ." ޚާރިޖީ ވަޒީރު ވިދާޅުވެފައިވެއެވެ.

ޝާހިދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ސިޔާސަތު ތަކަށް ދެކޮޅު ހެދުމާއި، ސިޔާސަތުތައް ދެކޮޅު ނުޖެހޭކަން ދައްކަން މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް އެކަމުގައި ކަންބޮޑުވުމެއް ނެތް ކަމަށެވެ. ޝާހިދުގެ ވާހަކައިގައި ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ގެންގުޅުނު ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ހަނދުމަފުޅު ހުންނާނެ ރައީސް ޔާމީނުގެ ސަރުކާރުން މަސައްކަތް ކުރަށްވަމުން ގެންދެވީ، އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިއާ އާއި، އަޅުގަނޑުމެންނަށް ނުހަނު ގިނަ ހިލޭ އެހީދޭ ޗައިނާ އާއި ދެޤައުމު ތަޅުވަން. ހާތަޅުވާ ސީދި ހެދިވަޑައިގަންނަވައިގެން ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވީ ފިތުނަ ކުރަށްވަން. އޭގެ ނަތީޖާ އަކަށްވީ، އަޅުގަނޑުމެންނަށް ރައްޓެހި އެތައް ޤައުމެއް ގެއްލިގެން ދިއުން. އަޅުގަނޑުމެންނަކީ ހަމައެކަނި ވަކި ބައެއްގެ ސިޔާސަތަށް ބަރޯސާވެފައިތިބި ބައެއްގެ ގޮތުގައި ތައްގަނޑުޖެހި ބައިނަލް އަޤްވާމީ ދުނިޔޭގައި ކޮލި ލެވިގެން ދިއުން." ޝާހިދު ފާހަގަ ކުރެއްވިއެވެ.

މިއަދު ދިވެހިރާއްޖެއަކީ ފަޚުރުވެރިކަމާއެކު ދުނިޔޭގައި މަތިހަށިނަގާ ޤައުމެއްކަން ފާހަގަކުރަށްވައި ޝާހިދު ވިދާޅުވީ، މިއަދު ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ ދުނިޔޭގައި ޙަރަކާތްތެރިވަނީ ފަޚުރުވެރިކަމާއި އެކީގައި ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތުގެ ދަށުން މިއަދު ދުނިޔޭގެ ހުރިހާ ޤައުމެއްވެސް ޤަބޫލުކުރޭ ދިވެހި ރާއްޖެއަކީ އެ ޤައުމުތަކާ އެކު މަސައްކަތްކުރުމަށް ތައްޔާރަށްއޮތް ޤައުމެއްކަން. އަޅުގަނޑުމެން ބޭރު ޤައުމުތަކުގެ މަންދޫބުންނާއި ސަފީރުންނާއި ބައްދަލު ކުރާއިރު އަޅުގަނޑުމެން ތިބެނީ ނިކަން ފަޚުރުވެރިކަމާއެކު. އެއީ، ދިވެހި ދިދައިގެ ދަށުގަ މިނިވަން ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން އޮތީމަ. އަޅުގަނޑުމެން ޖެހިލުމެއް ނުވާނެ ބޭރުޤައުމުތަކުގެ ވަފްދުތަކާ ބައްދަލު ކުރާއިރު. އެއީ މިނިވަންކަމުގެ ހޫނު ލޭ މި ސަރުކާރުގައި ހިނގާތީ." ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކައިގައި މިއަދުގެ ދުނިޔޭގައި ފަންފުޅަފެއް ޖަހައިގެން ވަކިވެގަނެގެން ނޫޅެވޭނެ ކަމަށާއި، ރާއްޖެއަކީ ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތެއް ގެންގުޅޭ ޤައުމެއްކަމުގައި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޢަލީ ސައީދުބިން ޤާސިމް

28-Jun-2020

އެމްޑީޕީއަށް ބޭނުންވާކަންކަން ސައީދަށް އިގެނީ ކިހިނެއް? ޢެއްޗެކޭ ބުނަން ބޭނުންވީމަ ފިނިފެންމަލެކޭ ބުނެގެން ވާނީ އެއްޖިންސުގެ ގުޅުމުގެ ވިސްނުން ހުންނަކަށް.


1

ފޮކާ

28-Jun-2020

ދުއްމާރި މިނިވަންކަމަށް އިހުތިރާމް ކުރާތީތަ އިންޑިއާއިން މިގައުމަށް އަރައިގަންނަން ގޮވީ ޢައްދާރު ކަލޭގެ. ނުބައޅ ސަހާދެއް


17

ހަސަނު

28-Jun-2020

ކަލޭމެން ޕީޕީ ކުދިން ބުނާހެން ކަން ކުރީމަ ތިޖޫރި ދަވާލަން ދަސްވުން ނުން ކަމެއް ދަހެއް ނުވާނެ


-10

ޖައުފަރު

28-Jun-2020

އަޅެ ފަހެ ކާލޭތަ މިހާރު އެމްޑީޕީ އަށް ވެސް އަމުރު ހިންގަނީ



ޓްރެންޑިން