ކޯވިޑް-19 އާ ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަމާލަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުޅުމާލޭގެ މަގުތައް ކްލޮރިން ފެނުން ދޮވެ ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އެޗްޑީސީން އިސްނަގައިގެން މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފާ ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ.
މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން މާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރުމަށް މާލޭގެ މަގުތައް ކްލޮރިން ފެނުން ދޮވެ ސާފުކުރުމުގެ ހަރަކާތެއްވެސް މިހާރުވަނީ ފަށާފައެވެ. މީގެ އިތުރުން އެމްއޭސީއެލް އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި މާލޭ ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގެ މަގުތައް ސާފްކުރުމުގެ މަސައްކަތް ވެސް ކުރާނެކަން ހާމަ ކޮށްފައެވެ.
މީގެއިތުރުން އެޗްޑީސީން ގެންދަނީ ހުޅުމާލޭގެ ބަސް ސްޓޮޕްތަކާއި ބަސް ސްޓޭޝަން ތަކާއި ބަސްތައް، ޑިސް އިންފެކްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ކޯވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް ދިވެއްސަކު ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު