އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް
އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް
ރައްޔިތުން ކަންބޮޑުވެ ހާސްވެގެން ކާޑުގެ ބާވަތްތައް ގަނޑުކޮށް ގަތުމުގެ ބޭނުމެއް ނެތްކަމަށާއި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދަތި ނުވެ އިންޑިޔާއިން ފޯރުކޮށްދޭނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން ބުނުމުން ރާއްޖޭގެ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލު އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިޔާއިން ރާއްޖޭގެ ރައްޔިތުންނަށް ދަތިނުވާ ވަރަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭނެ ކަމަށް ބުނެ އިންޑިޔާ ސަފީރުގެ އޮފީހުން ކުރި ޓްވީޓް ޓެގް ކުރައްވައި މިނިސްޓަރ ފައްޔާޒް ކުރެއްވި ޓްވީޓްގައި ރާއްޖެއަށް ދިމާވާ ދަތި އުނދަގޫ ކޮންމެ ވަގުތެއްގައިވެސް އިންޑިއާއިން ރާއްޖެއަށް ބަހައްޓާ ގާތްކަމާއި، ދެއްވާ އެހީތެރިކަން ފާހަގަ ކުރައްވާފައި ވެއެވެ.

އިންޑިއާ ސަފީރުގެ އޮފީހުން ކުރި ޓްވީޓްގައި ވަނީ އިންޑިއާ ލޮކްޑައުންގައި އޮތް ނަމަވެސް ރާއްޖެއަށް ބޭނުންވާ ކާޑާއި، އެހެނިހެން ޒަރޫރީ ސާމާނު އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމަށެވެ.

އިންޑިއާ ހައިކޮމިޝަންގެ ޓްވީޓްގައި ވަނީ ރާއްޖެއަށް ބޭނުންވާ ކާޑު ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށާއި، ކާޑުގެ ބާވަތްތައް މިވަގުތު ހުރީ އިންޑިޔާގެ ޓުޓިކޮރިން ބަނދަރުގައި އޮތް ބޯޓަށް ލޯޑު ކުރެވިފައިކަމަށެވެ. އެގޮތުން މި ބޯޓަށް ބަރުކުރެވިފައިވާ މުދަލުގެ ތެރޭގައި 20 ދުވަހަށް ވާ ވަރަށް ހަނޑޫ، ހަކުރި އަދި ފުށް ހިމެނޭ ކަމަށް ސަފީރުގެ އޮފީހުން ބުނެފައި ވެއެވެ.

އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ޤައުމެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި މި ގުޅުން އަންނަނީ އިތުރަށް ބަދަހިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން