ކޯވިޑް-19 އާއި ގުޅިގެން ބޭނުން ކުރުމަށް ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދިނުމަށް އެކުންފުނިން މިއަދު ނިންމައިފިއެވެ.
ޗަންޕާ އާއިލާގެ ވިޔަފާރީގެ ހިއްސާދާރުންގެ ތެރެއިން އުފަންވެގެންއައި ޓްރީޓޮޕް އިންވެސްޓްމެންޓްސްއިން ހިންގާ ޓްރީޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދޭން ނިންމީ ކޯވިޑް-19 އާއި ގުޅިގެން ހިންގާ ހަރަކާތްތައް ނިމެންދެން ހުރިހާ ޚަރަދެއް ކުންފުނިން ކުރާގޮތަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މިހާރު ނިންމާފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ގާއިމުކުރާ 200 އެނދުގެ އައިސީޔޫ ފެސިލިޓީ އެ ހޮސްޕިޓަލްގައި ގާއިމު ކުރުމަށެވެ،
ކޯވިޑް-19 އާއި ގުޅިގެން ޓްރީިޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދެނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި އެހެނިގެން ޚަރަދުތައް ކުންފުނިން ކުރާ ގޮތަށެވެ. ނަމަވެސް ސަރުކާރުން ހޮސްޕިޓަލްގައި މަސައްކަތް ކުރަން ގެންނަ އިތުރު ޑޮކްޓަރުންގެ ޚަރަދުތައް ބަލަހައްޓާނީ ސަރުކާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު