ރަމަޟާން މަހަކީ ހުރިހާ މުސްލިމުންނަށް ވަރަށް ވެސް މުހިންމު މަހެކެވެ. އެއީ އެއްވެސް ސުވާލެއް އުފެދޭނެ ކަމެއް ނޫނެވެ. މުސްލިމުންނަށް އެމަސް ޚާއްޞަވާ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. އެއީ އެންމެހާ މުސްލިމުންނަށް ވެސް އެނގޭ ކަމެކެވެ. މިއަދުގެ ޒަމާނީ ތަރައްގީއާއެކު ވަށައި ޖެހިފައިވާ ތަރައްގީގެ މުޖުތަމައު ތަކުގެ ވިސްނުން ބައެއް ކަންކަމުގައި ތަފާތުވި ނަމަވެސް އެމައްސަރަށް ޚާއްޞަވެފައިވާ އަޅުކަމާއި ހެއުކަމާއި ނަފުސާނީ ތަރުބިއްޔަތުން ލިބޭ ފައިދާ ތަކަކީ ދުނިޔެ ކިތަންމެ ތަހުޒީބުވެ ތަރައްގީވި ނަމަވެސް ބަދަލު ނުވާނެ ކަންކަމެވެ.
ރަމަޟާން މަހާއި ގުޅުވައިގެން އަމިއްލަ ފެންވަރުގައާއި މުޖުތަމަޢުގެ ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރާ ވަކި ޚާއްޞަ ކަންތައްތަކެއް ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނައިރު އޭގެ ތެރޭގައި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ރާއްޖޭގައި ރަސްމީ ސިފައެއްގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭ ޚާއްޞަ އިނާޔަތުގެ ވާހަކައަކީ މިދުވަސްވަރު ތަންކޮޅެއް އަޑު ހަރުކޮށް ދެކެވޭ ވާހަކައެކެވެ. އެކި ޒަމާނުގައި އެކި ގޮތަށް އަދި އެކި މިންވަރަށް ދެމުން އައި ނަމަވެސް، ރަމަޟާން މަހުގެ އިނާޔަތަކީ ރާއްޖޭގައި އެއް އުސޫލަކަށް ދެމުން އަންނަ އެންމެ ދުވަސްވީ އިނާޔަތެވެ. ރާއްޖޭގެ އެންމެން ކުރާ އަޅުކަމަކާއި ގުޅުވައިގެން ދައުލަތުން ނުވަތަ އޭރަކު އޮންނަ ސަރުކާރަކުން ދެމުން ގެންދާ މިއިނާޔަތަކީ ވަކި ބަޔަކަށް ލިބޭ ނުވަތަ ދޭ އިނާޔަތެކެވެ. ކޮންމެ މުސްލިމަކު އަދާކުރަންޖެހޭ ފަރުޟު އަޅުކަމަކާއި ގުޅުވައިގެން ދޭ މިއިނާޔަތު ދައުލަތުން ދެނީ ހަމައެކަނި މަސައްކަތް ތެރީން ނަށެވެ. ގާނޫނަކުން ކަނޑައަޅައިގެން މި އިނާޔަތް ދޭން ފެށިފަހުން ވެސް މިއިނާޔަތް ދެނީ ހަމައެކަނި ދައުލަތާއި ސަރުކާރުގެ ކުންފުނިތަކާއި ރަސްމީ ސިފައެއްގައި ހިންގާ ޕްރައިވެޓް ނުވަތަ އަމިއްލަ ވިޔަފާރި ތަކުންނެވެ. ގާނޫނު ބުނާ ގޮތުން މިދެންނެވި ރަމަޟާން އިނާޔަތް ހައްގުވާ ބަޔަކީ މިދެންނެވި މަސައްކަތް ތެރީންނެވެ.
މިއީ ވަރަށް ޒަމާންވީ އާދަކާދައެއް ނުވަތަ އުސޫލެއްގެ ގޮތުގައި ހަމަޖެހި ވަޒަނަކަށް އެޅި ފެތިފައި އޮތް ކަމެއް ކަމަށް ވިޔަސް ޒަމާނާއި އެއްގޮތަށް މިކަމާއި މެދު އެހެން ގޮތްގޮތަށް ވިސްނާ މީހުން ވެސް މިއަދަކު މަދެއް ނޫނެވެ. އަދި މިދެންނެވި ވިސްނުމަކީ ބޯދާ ވިސްނުމެއްގެ ގޮތުގައި ދެކޭ މީހުން ވެސް މިއަދަކު މަދެއް ނޫނެވެ. ޒަމާނަށް އަންނަ ތަރައްގީއާއެކު އިންސާނުންގެ ދިރިއުޅުމާއި ވިސްނުމާއި ފިކުރަށް އައި ތަރައްގީން މިކަންކަން މިނެކިރާ ގޮތް މިހާރު މާބޮޑަށް ވެސް ބަދަލުވީއެވެ.
ދައުލަތުގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެނީ ހަމަ ހުރިހާ ރައްޔިތުންގެ އަތުން ސަރުކާރަށް ލިބޭ ޓެކުހާއި ހުރިހާ ރައްޔިތުންގެ މުދާ ވިއްކައިގެންނާއި ކުއްޔަށްދީގެންނާއި ހުރިހާ ރައްޔިތުންގެ ނަމުގައި ލިބޭ އެހީތަކުންނާއި ނަގާ ލޯން ތަކުންނެވެ. ކަންމިހެން އޮތް އިރު މިދެންނެވި ރޯދަމަހުގެ ޚާއްޞަ އިނާޔަތަކީ ވެސް މިދެންނެވި ފައިސާއިން ދޭ އިނާޔަތެކެވެ. އެ އިނާޔަތް ދޭ ވަކި ޚާއްޞަ ސަބަބެއް މިހާތަނަށް އެއްވެސް ގާނޫނެއްގައި ވެސް އަދި އެއްވެސް ސަރުކާރަކުން ވެސް ސާބިތުކޮށްދީފައެއް ނުވެއެވެ. އެހެންކަމުން ވިސްނޭ ގޮތުގައި މި އިނާޔަތަކީ ރޯދަމަހު ރޯދަ ހިފައިގެން ތިބެ އޮފީހަށް ނުކުމެ މަސައްކަތް ކުރާތީވެ ދޭ ޚާއްޞަ އިނާޔަތެކެވެ.
މިހާރުގެ ރާއްޖޭގެ ދިރިއުޅުމުގެ ހާލަތާއި އިގުތިޞާދަށް އައިސްފައިވާ ބަދަލު ތަކާއި ޚިދުމަތާއި މުދަލުގެ އަގުތައް އުފުލިފައިވާ މިންވަރަށް ބަލާއިރު ހަމަގައިމުވެސް މިހާރު ރޯދަ އިނާޔަތުގެ ގޮތުގައި މިދޭ ބަދަލެއް ނުވާ 3000 ރުފިޔާއަކީ، މިދެންނެވި ކަންކަމަށް ރިއާޔަތްކޮށް ދޭ އިނާޔަތެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ޖާގައެއް އޮތް އިނާޔަތެއް ނޫނެވެ. އެފަދަ ފިކުރެއް އަޅުގަނޑުގެ ވިސްނުމަކަށް ހަމަ ނާދެއެވެ. އެހެނީ މިދެންނެވި 3000 ރުފިޔާއަށް ރޯދަ އިނާޔަތް ބޮޑު ކުރިއިރު ރާއްޖޭގެ އިގުތިޞާދު އޮތް ހާލަތާއި މިހާރު ޚިދުމަތާއި މުދަލުގެ އަގުތައް ހުރި ގޮތަށް ބަލާއިރު މި 3000 ރުފިޔާއަކީ ގެއެއްގެ ނުވަތަ އާއިލާއެއްގެ ދެތިން ދުވަހުގެ ޚަރަދެވެ. ނޫނީ އެފައިސާއިން ރޯދަ މަހުގެ ޔުޓިލިޓީ ބިލުތައް ވެސް ދައްކާލެވޭނެ ހެނެއް ހިއެއް ނުވެއެވެ. ރާއްޖޭގެ ދިރިއުޅުމުގެ ޚަރަދުތައް މިއަދު ވަނީ މިދެންނެވި އިނާޔަތް 3000 އަށް ބޮޑު ކުރި އިރާ އަޅާ ބަލާއިރު އެތައް ގުނައަކަށް ބޮޑުވެ އުފުލިފައެވެ. އެހެންކަމުން މި ދެންނެވި ރޯދަ އިނާޔަތަކީ މަސައްކަތް ތެރީންނަށް ދެވޭ ރަމްޒީ އިންޔަތެއް ކަމުގައި މިހާރު ގަބޫލުކުރަން ޖެހެއެވެ. ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާ އަޅާ ބަލާއިރު މި 3000 ރުފިޔާއަކީ ކުޑަ އެއްޗެކޭ ދަންނަވާކަށް ނެތީމެވެ.
ރޯދަ މަހުގެ އިނާޔަތް 3000 ރުފިޔާއަށް ބޮޑުކޮށް ދޭން ފެށީ ގާނޫނު ނަންބަރު 2/2008، ވަޒީފާއާއި ބެހޭ ގާނޫނަށް 2015 ވަނަ އަހަރު ގެނައި އިސްލާހަކާއި ގުޅިގެންނެވެ. މިއީ އެގާނޫނަށް ގެނައި ހަތަރުވަނަ އިސްލާހެވެ. އެ ގާނޫނުގެ 51 ވަނަ މާއްދާއަށް ގެނައި މިއިސްލާހުގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭން ވާނެ ކަމަށެވެ. އަދި މި އިނާޔަތް ދިނުމުގައި ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން އިނާޔަތްތައް ކަނޑައަޅާ އެންމެހާ ފަރާތްތައް ވެސް ހިމަނަން ވާނެ ކަމަށް މި އިސްލާހުގައި ބުނެފައި ވެއެވެ.
މިއިނާޔަތް ދިނުމުގައި ދައުލަތާއި ޕްރައިވެޓް ސެކްޓަރ ވަރަށް ބޮޑަށް ތަފާތުކޮށްފައި ވާކަން ވެސް ފާހަގަ ކުރެވެއެވެ. މި ގާނޫނު ބުނާގޮތުން ޕްރައިވެޓް ސެކްޓަރގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް މިއިނާޔަތް ދޭނީ އެމީހެއްގެ މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވާ މިންވަރެކެވެ. މުސާރައިގެ ތިންބައިކުޅަ އެއްބަޔަށް ޖެހޭ މިންވަރު 2000 ރުފިޔާއަށްވުރެ ކުޑަ ނަމަ ދޭން ޖެހެނީ 2000 ރުފިޔާއެވެ. މުސާރައިގެ ތިންބައިކުޅަ އެއްބަޔަށް ޖެހޭ މިންވަރު 10000 ރުފިޔާއަށް ވުރެ މަތި ނަމަ އިނާޔަތުގެ ގޮތުގައި ދޭން ޖެހެނީ 10000 ރުފިޔާއެވެ. މިއީ ގާނޫނު ބުނާ ގޮތެވެ.
ނަމަވެސް "މި އިނާޔަތް ދިނުމުގައި ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން އިނާޔަތްތައް ކަނޑައަޅާ އެންމެހާ ފަރާތްތައް ވެސް ހިމަނަން ވާނެ ކަމަށް" ބުނެފައި އޮންނައިރު ރައްޔިތުންގެ މަޖިލީހުން އިނާޔަތެއް ކަނޑައަޅައިގެން އެއިނާޔަތް ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށްމެ މި 3000 ރުފިޔާ ލިބެން ވާނެ ކަމަށް މާނަކުރެވޭއިރު ސަރުކާރުގެ މުވައްޒަފުން ނޫން ބަޔަކަށް ވެސް މި އިނާޔަތް ލިބެން ޖެހޭނެ ކަމާއި މެދު ސުވާލު އުފެދެއެވެ. ނަމަވެސް އަޅުގަނޑަކީ ގާނޫނީ މާހިރަކަށް ނުވާތީ މިހާހިސާބުން މިވާހަކަ ބާއްވާލީއެވެ.
ދެން އޮތީ މިހާވަރުން ވެސް ރޯދަ މަހު ރާއްޖޭގެ ވަކި ބަޔަކަށް ސަރުކާރުން ޚާއްޞަ އިނާޔަތެއް ދޭން ހަމަ މަޖުބޫރުތޯ އުފެދޭ ސުވާލެވެ. ނޫނީ ރޯދަމަހު ރޯދަ ހިފައިގެން ތިބެ އެމީހަކު އާމްދަނީ ހޯދަން ކުރަން ޖެހޭ ނުވަތަ އަދާކުރަން ޖެހޭ ވަޒީފާއެއް އަދާކުރާތީ ވަކި ޚާއްޞަ އިނާޔަތެއް ދޭން ޖެހޭނެތޯ އުފެދޭ ސުވާލެވެ. އެހެން މަސްމަހާއި އަޅާ ބަލާއިރު މަސައްކަތް ކުރަން ޖެހޭ ވަގުތުތައް މަދުކޮށް މަސައްކަތް ލުއިކޮށްފައި ރަމަޟާން މަހާއި ގުޅުވައިގެން ވަކި ޚާއްޞަ އިނާޔަތެއް ވަކި ބަޔަކަށް ދިނުމަކީ ހަމަޖެހޭ ކަމެއްތޯ އުފެދޭ ސުވާލެވެ. ބައެއް މީހުންނަށް މިއީ ވަރަށް ތާކުންތާކު ނުޖެހޭ ސުވާލަކަށް ވެސް ވެދާނެއެވެ. ނަމަވެސް އެމީހަކު އަދާކުރަން ޖެހޭ ފަރުޟު އަޅުކަމެއް އަދާކުރާތީއޭ ކިޔާފައި ރާއްޖޭގެ ހުރިހާ މުސްލިމު ރައްޔިތުންގެ ތެރެއިން ވަކި ބަޔަކަށް ޚާއްޞަ އިނާޔަތެއް ދިނުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ އަޅުގަނޑުގެ ހިތުގައި ހަމަ އެސުވާލު އުފެދެނީއެވެ.
ކޮންމެއަކަސް ކަމެއް ކުރާނަމަ އެކަމެއް ކުރާންވާނީ ކޮންމެވެސް މަގުސަދެއް، ނުވަތަ ނަތީޖާއެއް އެކަމަކުން ހާސިލުވާ ގޮތަށެވެ. އެކަމެއްގެ ހަގީގީ މާނަ ނުގެއްލޭ ގޮތަށެވެ. އެކަމަކުން އެންމެންނަށް ވެސް ހަމަހަމަ ކަމާއެކު ފައިދާއާއި މަންފާ ލިބޭ ގޮތަށެވެ. ހަމަ ކަމަކަށް ކަމެއް ކޮށްލާ ގޮތަށް މައުނައެއް ނެތް ގޮތެއްގައި ކަމެއް ކުރުމުން އެކަމަކުން ލިބޭ ފައިދާއަށް ވުރެ ލިބޭ ގެއްލުމާ އުފެދޭ ނުތަނަވަސްކަން ވާނީ އިތުރެވެ. ބޮޑެވެ. މިފަދަ ތަހުޒީބު ޒަމާނެއްގައި އެއްވެސް ކަމެއް ހާސިލު ނުވާ ގޮތަށް ރަމްޒީ ކަމެއްގެ ގޮތުގައި ކަންކަން ކުރުމަކީ އެހާ ހިތްގައިމު ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު