ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްސަރުކާރުން މުހިންމު ބޮޑެތި ފިޔަވަޅު ތަކެއް އަޅުއްވަމުން ގެންދަވާކަމަށާއި ވޯލްޑް ބޭންކުން 10 މިލިއަން އެމެރިކާޑަލަރުގެ އެހީއެއް ދިނުމަށް މިހާރުވެސް ނިންމާފައިވާ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ރައީސް ޞާލިޙް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތާއި ގުޅިގެން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށެވެ.
މިގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސް ދުވަސް ފަސްކުރުމާއެކު، ލޯނުގެ މުއްދަތަށް 6 މަސް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެމްއެމްއޭ ގެ ގަވަރނަރ ރާއްޖޭގެ އެހެން ބޭންކްތަކާވެސް މަޝްވަރާކުރައްވައި، އެފަރާތްތަކުން ދޫކޮށްފައިވާ ލޯންތަކަށް ލުއިގޮތްތަކެއް ހޯދޭނޭ މަގަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގެސްޓްހައުސްތަކަށް 308 މިލިއަން ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަ ކުރައްވަމުން، މިހާތަނަށް ރާއްޖޭގެ 50 ރިސޯޓު ބަންދު ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ފަރުތުވެރިން އައުން މެދުކެނޑުމާއެކު ރިސޯޓްތަކުގެ އޮޕަރޭޝަންސް މެދުކެނޑޭނެކަން ޤަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާން ގެ އެދިވަޑައިގަތުމަކީ މިކަމާއި ގުޅިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާއަށް ދެރަގޮތެއް ނުހެއްދެވުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެސްޑީއެފްސީން ދޫކޮށްފައިވާ ލޯންތަކަށް 6 މަސް ދުވަހުގެ މުއްދަތު އިތުރު ކޮށްދީފައިވާ ކަމަށާއި، 2.5 ބިލިއަން ރުފިޔާގެ އިޤްތިސާދީ ޕެކޭޖެއް ސަރުކާރުން ތަޢާރަފްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ގޭބީސީ ތަކުގެ އޭޕްރީލް މަހާއި، މެއި މަހުގެ ކަރަންޓް ބިލުން 40 އިންސައްތަ އުނިކުރެވޭނެ ކަމަށާއި، އަދި ފެން ބިލުން 30 އިންސައްތައިގެ ލުޔެއް ލިބިގެންދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިޔަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި އިންޓަނެޓަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ. މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ދަތިތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ބޮޑު ކަންނެލި ކުންފުނިތަކަށް ލޯނު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށާއި، ދޮށީގެ މަސްވެރިކަން ރަނގަޅު މި ދުވަސްވަރު ވޭތުވެދިޔަ 2 ދުވަހު މިފްކޯއަށް 300 ޓަނުގެ މަސް ކިރާފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ދަތިނުވާގޮތަށް ފައިސާ ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އެއްމަސް ފަހުން ރޯދަމަސް ބައްދަލު ކުރާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދަނޑުވެރިން އުފައްދާ ސާމާނު ވިއްކުމަށް އެސްޓީއޯ މެދުވެރިކޮށް ޓްރޭޑިންގ ޕްލެޓްފޯމެއް ޤާއިމް ކުރެއްވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މި ޕްލެޓްފޯމްގެ ބޭނުން ކުރާނީ ދަނޑުވެރިންގެ އުފެއްދުންތައް ތާޒާކަމާއެކު ވިއްކޭނޭ މާހައުލެއް އުފެއްދުމަށްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ސްޓޫޑެންޓް ލޯނު ދައްކަންޖެހޭ 4000 ވަރަކަށް ދަރިވަރުން ތިބިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ލޯނުތައް ދެއްކުން 6 މަސް ދުވަހަށް ފަސް ކުރުމަށް ނިންމާފައިވާ ކަމަށާއި، އަދި ހުއްޓުމެއްނެތި ސްޓޫޑެންޓް ލޯން ސްކީމް ކުރިޔަށް ދާނެ ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، މިގޮތުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ވޯލްޑް ބޭންކުން ނިންމަވާފައިވާކަން ރައީސް އިޢުލާން ކުރެއްވިއެވެ. އަދި އެކުވެރި އެހެނިހެން މާލީ އިދާރާތަކާއި މަޝްވަރާކުރަމުން އަންނަކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި އެސްޓީއޯ މެދުވެރިކޮށް ކުރިއަށް ގެންދާ ކަންކަމާއި ބެހޭ މައުލޫމާތު ދެއްވަމުން ރައީސް ޞާލިޙް ވަނީ މިވަގުތަށް ބޭނުންވާ ވަރަށް އެއް މަސް ދުވަހުގެ ކާޑު ކޮންމެ ރަށެއްގައި މިވަގުތު ހުންނާނެކަމަށެވެ. އަދި އޭޕްރީލް 15 ގެ ކުރިން 10 މަސް ދުވަހަށް ބޭނުންވާ ވަރަށް ހަނޑުލާއި، ހަކުރު އަދި 05 މަސް ދުވަހަށް ބޭނުންވާ ޢަދަދަށް ފުށް އެއްވެސް ދަތިކަމެއްނެތި ލިބޭނޭގޮތް ހަމަޖައްސަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ޤައުމީ ޝިޕިންގ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އައު ޤައުމީ ޝިޕިންގ ކުންފުނީގެ ފުރަތަމަ ބޯޓު މިމަހު 30 ގައި ރާއްޖެ އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މި ދަތި ވަގުތުގައި ސަރުކާރަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ވިޔަފާރިވެރިންނާއި، ރިސޯޓް އޯނަރުންނާއި، އެކުވެރި ޤައުމުތަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު