ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލުން މިނިވަން ކުރުމާ ގުޅޭގޮތުން ޗެނަލް 13 އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޖަލުގައި ތިބި ގައިދީންނަށް މަޢާފްދޭނެ އުސޫލުތައް ގާނޫނުގައި ވަނީ ބަޔާންކޮށްފައި ކަމަށާއި ޖަލުގައި ތިބި ގައިދީންނަށް މަޢާފްދޭނީ އެ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި އެމަނިކުފާނާއި އިދިކޮޅު ފަރާތްތަކާއި ގުޅުން ރަނގަޅުކަމަށާއި، ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ، ވެސް އެމަނިކުފާނާ ވަރަށް ގިނައިން ގުޅުއްވާ މަޝްވަރާ ކުރައްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން