ކޯވިޑް-1 އާއި ގުޅިގެން މާލެ ސަރަހައްދުގެ މަގުތައް ސާފުކުރަނީ
ކޯވިޑް-1 އާއި ގުޅިގެން މާލެ ސަރަހައްދުގެ މަގުތައް ސާފުކުރަނީ
ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި ފަރުވާދެމުން ދިޔަ 13 މީހުންގެ ތެރެއިން އިތުރު ތިން މީހަކު އެ ބަލިން ރަނގަޅުވެއްޖެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހިފައި ތިބި މީހުންގެ ތެރެއިން ފަސް މީހަކު އެ ބަލިން ރަނގަޅު ވެފައިވާ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ދަރުބާރުގޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ކޯވިޑް-19 ޖެހިފައި ތިބި މީހުންގެ ތެރެއިން އިތުރު ތިން މީހުން ރަނގަޅު ވެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ރާއްޖޭގައި ތިބީ އެ ބަލީގެ ފަސް މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން