މެއްސެއް: މިއީ ބަލިފަތުރައިދޭ ޖަރާސީމް އެއްތަނުން އަނެއްތަނަ އުފުލާ ސޫއްޕެއް
މެއްސެއް: މިއީ ބަލިފަތުރައިދޭ ޖަރާސީމް އެއްތަނުން އަނެއްތަނަ އުފުލާ ސޫއްޕެއް
މެއްސަކީ އެއްތަނުން އަނެއްތަނަށް ޖަރާސީމު އުފުލާ ބަލިފަތުރާ ސޫއްޕެކެވެ. އަދި މެއްސަކީ ބަލިފަތުރާ ޕެތޮޖެންސް އެއް އެއެތީގެ ހަށިގަނޑުގައި ހުންނަ ސޫއްޕެއްކަން ސައިންސްގެ އަލީގައި އެނގެއެވެ. މިކަން މީގެ 1400 އަހަރު ކުރިން ރަސޫލާ ވަނީ އަންގަވައި ދެއްވާފައެވެ. އަދި ބައެއް ސޫއްޕާއި ނުފެންނަ މައިކްރޯ އޯގަނިޒަމްސްގައި ޕެތޮޖެންސްއާއި ވާދަކޮށް ހަށިގަނޑު ދިފާއުކޮށްދޭ އެންޓައި ބެކްޓީރިއަލް އަދި އެންޓައި ފަންގަލް މާއްދާ ހިމެނެއެވެ.

މެހި ކާއެއްޗަކަށް ވެއްޓިއްޖެނަމަ ކާނާގެ ތެރެއަށް ބަލިފަތުރާ ޕެތޮޖެންސް ދޫކޮށްލައެވެ. ނަމަވެސް އޭތީގެ އަނެއްފިޔަ ފެންތަށީގެ ތެރެއަށްދާނެހެން ތަށީގެ ތެރެއަށް ކޮއްޕާލުމުން، އޭގެ ދެވަނަ ފިޔައިގައި ހުންނަ ބަލިތަކާއި ހަނގުރާމާކުރާ މާއްދާތައް ތަށީގެ ތެރެއަށް ދެއެވެ. އެހެންކަމުން އޭގެ ސަބަބުން ލިބުނު ގެއްލުމުން ދިފާއުވެވޭނެއެވެ.

ބުއްދީގެ ހަމަތަކުން ބަލާއިރުވެސް މިކަން މިހެން ވެދާނެކަމަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ މެއްސަކީ ބަލިފަތުރާ ވިހަ މާއްދާތައް ހުންނަ ސޫއްޕެއްކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް އޭގައި އެބަލީގެ ޝިފާ ލައްވާފައިވާކަން އަޅުގަނޑުމެންނަށް ނޭނގެއެވެ. އެހެންނަމަވެސް، ހަމައެކަނި ވިހަ މާއްދާތައް މެހީގައިވާނަމަ މެހި ދިރިއެއް ނުހުންނާނެއެވެ. އެވިހައިގެ ސަބަބުން އޭތި މަރުވެދާނެއެވެ.

މިކަމާއި ގުޅިގެން ސަހީހުލް ބުޚާރީގައި ރިވާވެގެން އައިސްފައިވާ ހަދީޘްފުޅެއްގައި ކީރިތި ރަސޫލާ ހަދީސްފުޅު ކުރައްވާފައިވަނީ ތިޔައިގެ ތެރެއިން މީހެއްގެ ބުއިމަށް މެއްސެއް ވެއްޓިއްޖެނަމަ، އެއެތި ތަށީގެ ތެރެއަށް އެއްކޮށް ކޮއްޕާލާށެވެ. ދެން ތަށިން އެއެތި ނަގާށެވެ. އޭގެ އެއްފިޔައިގައިވަނީ ބައްޔެވެ. އަދި އަނެއް ފިޔައިގައިވަނީ އެބައްޔަށްވާ ފަރުވާއެވެ.

އެހެންކަމުން މިކަމުންވެސް އެނގިގެންދަނީ ކީރިތި ރަސޫލާއަކީ ޙައްޤު ރަސޫލެއް ކަމެވެ. އަދި ނުކިޔަވައި ހުންނެވި އުންމިއްޔަ ނަބިއްޔަކަށް މިހާ ތަފްސީލްކޮށް މިފަދަ ކަމެއް ބަޔާންކޮށް ދޭން އެނގުމަކީވެސް އެކަލޭގެފާނު އަމިއްލަ ފުޅަށް ބަސްވިދާޅުވުވާކަން އަންގައިދޭ ކަމެކެވެ.

ކީރިތި ޤުރުއާނުގައި މިކަން ބަޔާންކުރައްވައި ﷲ ނަޖުމް ސޫރަތުގެ 3 އަދި 4 ވަނަ އާޔަތުގައި ވަހީކުރައްވާ ފައިވެއެވެ.

وَمَا يَنطِقُ عَنِ الْهَوَىٰ ﴿3﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿4﴾ މާނައީ "އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ وحى އެއްކަމުގައި ނޫނީ ނުވެތެވެ.

އެހެންކަމުން އަޅުގަނޑުމެން މުސްލިމުންގެ ކުރިމައްޗަށް މިފަދަ ދިރާސާތައް އައުމުން އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަ ވެގެންދެއެވެ. އަދި ނަބަވީ އިރުޝާދުތަކުގައި ހިފެހެއްޓުމަށް އިތުރު ހިއްވަރެއް ލިބިގެން ދެއެވެ. އެހެންނަމަވެސް މުސްލިމުންގެ އަޤީދާވަނީ ސައިންސުން ހޯދޭ ހޯދުންތަކުގެ މައްޗަށް ނޫންކަން ހަނދާންކުރަންވާނެއެވެ.

އަޅުގަނޑުމެން އެއްކައުވަތަންތަ ﷲ އަށާއި އެކަލާނގެ ނަބިއްޔާއަށް އީމާންވަނީ އަޅުގަނޑުމެން އިންސާނުންނަކީ އެކަލާނގެ ހެއްދެވި ހަލްގުތަކުގެ ތެރެއިން އެންމެ މާތް ކުރައްވައި މިވަގުތީ ދުނިޔެއަށް ފުރާފުރިހަމަ އިންތިޒާމްތަކާއެކު ލެހެއްޓެވި އެކަލާނގެ އަޅުންކަމަށްވާތީ އެވެ. އަދި އަޅުގަނޑުމެން އިންސާނުންނަކީ މިދުނިޔެމަތީ އިމްތިޙާނެއްގެ ގޮތުގައި ލަހައްޓަވައި ބިރުވެރިކަމުންފުރިގެންވާ ޤިޔާމަތް ދުވަހު އެކަލާނގެ ޙަޟްރަތަށް އެނބުރިގެންދަވާނެ އަޅުތަކުން ކަމުގައިވާތީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން