ރައްޔިތުންގެ ސަލާމަތަށްޓަކައި ރައީސް ޞާލިޙް އަޅުއްވަމުން ގެންދަވާ ހިތްވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލައިފި ކަމަށް ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ވަރަށް އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ޑޮކްޓަރ މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންނަށްޓަކައި ރައީސް ޞާލިޙް އަޅުއްވަމުން ގެންދަވަނީ އުނދަގޫ ފިޔަވަޅުތަކެއްކަން ފާހަގަކުރައްވައި ޑރ. މުޙައްމަދު ޢަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ޞާލިޙުގެ މި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި މިފަދަ ދަތި ވަގުތެއްގައި ވެސް ރައީސް ޞާލިޙު އެދައްކަވާ ސާބިތުކަމާއި ހިތްވަރާއި ރައްޔިތުންގެ ޙައްޤުގައި އަޅުއްވަމުން އެގެންދަވާ ފުރިހަމަ ނިންމުންތަކަށްޓަކާ އަމިއްލަ ހައިސިއްޔަތުން ޝުކުރު އަދާ ކުރައްވަން ބޭނުންފުޅުވާ ކަމުގައިވެސް ޑޮކްޓަރ މުޙައްމަދު އަލީ ވިދާޅުވެފައިވެއެވެ.
މުޙައްމަދު ޢަލީގެ އިތުރުން ޓްވިޓަރގައާއި ސޯޝަލް މީޑިޔާގެ އެހެނިހެން ޕްލެޓްފޯމް ތަކުގައި ވަރަށް ގިނަ ބަޔަކު މިރޭގެ ނޫސްކޮންފަރަންސަށްފަހު ރައީސް ޞާލިޙުގެ ހިތްވަރުގަދަކަމާއި ރައްޔިތުންގެ ޙައްޤުގައި އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތައް ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވާފައިވެއެވެ. އެގޮތުން ދީނީ ޢިލްމުވެރިޔާ ޑޮކްޓަރ އިޔާޒް ކުރެއްވި ޓްވީޓެއްގައި ކޯވިޑް-19 އިން ރާއްޖެ ސަލާމަތް ކުރުމަށްޓަކާ ރައީސް ޞާލިހުގެ ބެއްލެވުމުގެ ދަށުން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް ވަރަށް ފުރިހަމަކަން ފާހަގަ ކުރައްވާފައިވެއެވެ.
ދަރުބާރުގޭގައި ބޭއްވި މި ޕްރެސް ކޮންފަރަންސަށް ފަހު ރައީސް ޞާލިޙުގެ ސާބިތުކަމާއި ހިތްވަރު ގަދަކަން ފާހަގަ ކުރައްވައި ޓްވީޓް ކުރެއްވި ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވެސް ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު ވިދާޅުވީ ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތް ތަކާބެހޭގޮތުން ރައީސް ޞާލިހު ދެއްވި ނޫސްކޮންފަރެންސަކީ ވަރަށް އުއްމީދުން ފުރިގެންވާ ވާހަކަތަކެއް އަޑުއިވިގެން ދިޔަ ނޫސްކޮންފަރެންސެއް ކަމުގައެވެ. އެގޮތުން މިދަނޑިވަޅުގައި ރައްޔިތުންނާއި ވިޔަފާރިތަކަށް ދެއްވި އުއްމީދާއި ސަރުކާރުގެ ހަރުދަނާ ރޭވުންތަކުގެ ތަފުސީލީ މައުލޫމާތު ވަރަށް ފުރިހަމައަށް ރައްޔިތުންނާ ހިއްސާ ކުރެއްވިކަން ފާހަގަ ކުރައްވައި ރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ ރައްޔިތުން ކެތްތެރި ވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި އެއްވެސް ކަމެއްގައި ރައްޔިތުންނަށް ދަތިވިޔަ ނުދެއްވާނެ ކަމަށް ވިދާޅުވެ މިހާލަތުން އަރައިގަނެވޭނެ ކަމުގެ އުއްމީދުތައް ދެއްވައި ރައްޔިތުންނަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާފައިވެއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިއްހީ ދާއިރާގެ އެންމެހާ ޚިދުމަތްތެރިންނަށް ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ. މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހައްސާސް ދަނޑިވަޅުގައި އިސްބަހާއި، ފަހުބަސްވެސް ބުނާނީ ސިއްޙީ ދާއިރާގެ ފަންނުވެރިންކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު