ދިވެހިރާއްޖޭގައި ތަޢުލީމުދޭ އެންމެހާ ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ނެރުނު މި އެންގުމުގައި ވަނީ 29 މާރިޗް 2020 ވަނަ ދުވަހުން ފެށިގެން 1 ހަފްތާގެ މުއްދަތަށް މުހިއްމު ތިން ފިޔަވަޅެއް އެޅުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގައި ހިންގާ އެންމެހާ ސްކޫލްތަކާއި، ތަޢުލީމުދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށާއި، ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ތަމްރީނުދޭ މަރުކަޒްތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގާފައިވެއެވެ. އަދި މި އެންގުމުގައި، ދިވެހިރާއްޖޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި، ގޭގައި އަދި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކްލާސްތަކާއި، ޤުރުއާން ކްލާސްތަކާއި، އެހެނިހެން ތަޢުލީމުދޭ ކުލާސްތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑާލުމަށް ވެސް ވަނީ އަންގާފައެވެ.

މި ނިންމުމަކީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަމަށްޓަކައި، އަޅާ ފިޔަވަޅުތަކެއް ކަމަށްވާތީނ މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ވަނީ އަންގާފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 13 މީހުން ޕޮޒިޓިވްވީއިރު، އޭގެތެރެއިން އަށް މީހުން ވަނީ ރަނގަޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން