އިންޑިއާގެ ފުލުހުން މީހަކަށް އަނިޔާ ކުރަނީ؛ މިއީ ލޮކްޑައުންގެ ހާލަތުގައި އިންޑިއާގެ ހުރިހާ ހިސަބަކުން ކޮންމެ ދުވަހަކުވެސް ފެންނަމުން ދިޔަ މަންޒަރުތަކެއް
އިންޑިއާގެ ފުލުހުން މީހަކަށް އަނިޔާ ކުރަނީ؛ މިއީ ލޮކްޑައުންގެ ހާލަތުގައި އިންޑިއާގެ ހުރިހާ ހިސަބަކުން ކޮންމެ ދުވަހަކުވެސް ފެންނަމުން ދިޔަ މަންޒަރުތަކެއް
ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގައި ލޮކްޑައުންއާއި ޚިލާފުވި ކަމަށް ބުނެ ފުލުހުން އަނިޔާކޮށް ހައްޔަރުކުރި ބައްޕައާއި އޭނާގެ ފިރިހެން ދަރިފުޅު ހައްޔަރުގައި ތިއްބާ މަރުވި މައްސަލައިގާ ހިމެނޭ ފުލުހުންގެ މައްޗަށް ގަސްތުގައި މީހަކު މެރިކަން ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާކަމަށް ކޯޓުން ބުނެފިއެވެ.

ޓެމިލްނާޑޫގެ އެންމެ މަތީ ކޯޓުން އަންގާރަ ދުވަހު މިމައްސަލައިގެ ޝަރީޢަތުގައި ބުނެފައި ވަނީ ލޮކްޑައުންގެ ގަވާޢިދާ ޚިލާފު ވެގެން ކަމަށް ބުނެ ފުލުހުން ހައްޔަރު ކުރި ބައްޕައާއި އޭނާގެ ފިރިހެން ދަރިފުޅު މަރުވެފައިވަނީ ހައްޔަރު ކުރުމުގައި އެދެމީހުންނަށް ލިބިފައިވާ އަނިޔާ ތަކުގެ ސަބަބުންކަން ސާބިތުވާ ކަމަށެވެ. އެހެންވީމާ އެދެމީހުން ގަސްތުގައި މެރިކަމަށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީ އެކަމުގައި ޝާމިލުވާ ފުލުސް އޮފިސަރުންގެ މައްޗަށް މަރުގެ ހުކުމް އަތުވެދާނެ ކަމަށް ބެލެވޭ ކަމުގައި ސީއެންއެންއިން ރިޕޯޓްކޮށްފައި ވެއެވެ.

މިއީ އިންޑިޔާގެ ފުލުހުންގެ އިންސާނިއްޔަތާ ޚިލާފު އަނިޔާ ވެރިކަން ސާބިތުވެގެންދިޔަ އިތުރު މައްސަލައަކަށްވާއިރު މިހާދިސާގައި މަރުވި ދެބަފައިންގެ އާއިލާއާއި ހިއުމަންރައިޓްސް އެކްޓިވިސްޓުން ބުނެފައިވަނީ ދެބަފައިން މަރުވީ އެމީހުން ހައްޔަރު ކުރުމުގައި ދިން ލާއިންސާނީ އަނިޔާ ތަކުގެ ސަބަބުން ކަމަށެވެ.

ކޯޓުން ހާމަކޮށްފައިވާ ލިޔެކިޔުންތަކަށް ބަލާއިރު މިހާދިސާގައި ބައިވެވި ދެ ފުލުހުން މިހާރު ވަނީ މަގާމުގެ ޒިންމާތަކުން ދުރުކޮށް ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއަށް އެމީހުންގެ މައްސަލަ ފޮނުވާފައެވެ.

މިކަމާގުޅިގެން ކޮމަންވެލްތު ހިއުމަން ރައިޓްސް އިނިޝިއޭޓިވް އިން ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންޑިޔާގެ ފުލުހުންގެ ލާއިންސާނީ އަނިޔާތަކާއި ފުލުހުންގެ ހައްޔަރުގައި މަރުވާ މީހުންގެ މައްސަލަތައް ބެލުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ޖެހިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން