ދަރިވަރުން ޗުއްޓީގައި ގޭތެރޭގެ މާހައުލުގައި އުޅޭގޮތާއި ބެހޭގޮތުން ވޮޝިންގޓަން ޔޫއެސް، އޭޕްރިލް 4 ގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ޕްރައިމަރީ ސްކޫލްގެ ދަރިވަރުން ސްކޫލް ޗުއްޓީ ދުވަސްވަރު ހަރަކާތްތެރިކަން ކުޑަކަމަށާއި އަދި ސްކްރީން ވަގުތު އިތުރުވެ ސްކޫލް ދުވަސްވަރަށްވުރެ ގިނައިން ހަށިގަނޑަށް ގެއްލުންވާ ތަކެތި ކެއުމުގައި ވަގުތު ހޭދަކުރާކަމަށް ރިސާޗުތަކުން ދައްކާކަމަށެވެ.
މިގޮތުން ޗުއްޓީގައި ދަރިވަރުން ގޭގައި ހޭދަކުރާ ވަގުތުތަކުގައި ދިރިއުޅުމުގެ އާދަތައް ހުންނަގޮތް ދިރާސާކޮށް މިނޫހުގައި 'ޕީޑިއަޓްރިކް އޮބީސިޓީ' ކިޔާ އާޓިކަލްއެއްގައި ޕަބްލިޝްކޮށްފައިވެއެވެ. މިދިރާސާކޮށްފައިވަނީ އެމެރިކާގެ 358 ޕްރައިމަރީ ސްލޫލް ދަރިވަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ޗުއްޓީ ތެރޭގައި އަންނަ ބަދަލާއި ބެހޭގޮތުން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށެވެ.
މިގޮތުން މިދެންނެވި އުމުރުގެ ކުދިންނަކީ އާއްމުކޮށް ވަރަށް އެކްޓިވް ކުދިން ކަމުގައިވީނަމަވެސް، ޗުއްޓީތެރޭގައި އެކުދިން އެވަރެޖުކޮށް ކޮންމެ ދުވަހަކުވެސް 12 މިނެޓް ވަރު ހަރަކާތްތެރިވުން ކުޑަވެއެވެ. އަދި 27 މިނެޓު ކަމެއް ނުކޮށް ފޫހިވެގެން އުޅެއެވެ. އަދި އެހެން ދުވަސްތަކާއި ބަލާއިރު، ސްކްރީން ޓައިމްވެސް 1 ގަޑިއިރަށް އިތުރުވެއެވެ. އަދި ގްރޭޑް 10-9 ގައި އުޅޭ ދަރިވަރުންވެސް އާއްމު ދުވަސްތަކާއ ބަލައި ޗުއްޓީ ދުވަސްވަރުގައި ސްކްރީން ކުރިމަތީގައި ހޭދަކުރާ ވަގުތު %39 އިތުރުކަމަށް ދިރާސާތަކުން ދައްކައެވެ.
ޔުނީ އެސްއޭ ރިސާޗުގައި އުޅުއްވާ ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރ އެމޭންޑާ ވަޓްސަން ވިދާޅުވާގޮތުގައި ޗުއްޓީ ދުވަސްވަރުގައި ދަރިވަރުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން އެކުދިން އުމުރާ އެކަށީގެން ނުވާވަރަށް ބަރުދަން އިތުރުވެ ޞިއްޙަތައް ގެއްލުންވެއެވެ. އަދި މިގޮތަށް ދިމާވަނީ ގޭގައި ހޭދަކުރާ މިދުވަސްތަކުގައި ހަރަކާތްތެރިވުމާއި ކަސްރަތުކުރުމާއި ދުރުހެލިވެ ހަށިގނޑަށް ގެއްލުންވާ ތަކެތި މާގިނައިން ކެވޭތީ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
އެމެންޑާ ވިދާޅުވާގޮތުގައި ދަރިވަރުންނަށް ޗުއްޓީ އަކީ ސިކުނޑި ތާޒާކޮށްލައި ކިޔެވުމާއި ސްކޫލްގެ ހަރަކާތްތަކުން 'ބްރޭކްއެއް' ލިބި ކުއްޖާއަށް ހަމަޖެހިލުމަށް ލިބޭ ދުވަސްކޮޅެއް ނަމަވެސް، މިދުވަސްކޮޅުގައިވެސް ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެ ކަސްރަތު ކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ.
އަދި ޗުއްޓީ ދުވަސްވަރުގައިވެސް ދުވަހުގެ ތާވަލެއް އެކުލަވާލައި ކެއުމާއި ކަސްރަތު ކުރުމާއި އަދި ސްކްރީން ޓައިމްވެސް ހިމަނާލައިގެން ކުދިންގެ ދިރިއުޅުމުގެ އާދަތައް ހަރުދަނާކޮށްލުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށްވެސް އެމެންޑާ ވިދާޅުވެއެވެ.
ސްކޫލްގައި ރަނގަޅަށް މަސައްކަތް ކުރާ ޤާބިލު ކުއްޖަކަށް ވުމަށްޓަކައި ކުއްޖާގެ އާއްމު ޞިއްހަތު ދުޅަލެޔޮކޮށް ހުރުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެންކަމުން މިޗުއްޓީގައި ކުދިން ރޭގަނޑު އަބަދު ސްކްރީންގައި ވަގުތު ހޭދަކުރުމާއި ދުވާލު ނިދުމާއި ނަމާދުތަކަށް ފަރުވާ ކުޑަކުރެވުން ފަދަ ކަންކަން ވިޔަ ނުދިނުމަށްޓަކައި މިހުރިހާ ކަމަކަށް ތާވަލެއް އެކުލަވާލައި އެކުދިންގެ ދިރިއުޅުން ތަރުތީބުކޮށްލުމަކީ މުހިންމުކަމެވެ. އެހެންކަމުން އަޅުގަނޑުމެން މައިންބަފައިން، ކުއްޖާއަށް މިކަންކަން ބުނެދީ މިކަންކަން ކުރުވުމަށް ހިތްވަރުދީ ބާރުއަޅާށެވެ.

ކިޔުންތެރިންގެ ހިޔާލު