ޖެކް މާ
ޖެކް މާ
ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރާ ކަމާބެހޭ މާހިރުންނާއި ޑޮކްޓަރުންނާއި ނަރުހުންގެ ތަޖުރިބާ ހިއްސާކޮށް މައުލޫމާތު ބަދަލު ކުރުމަށްޓަކާ އަލިބަބާއާއި ޖެކް މާ ފައުންޑޭޝަން ގުޅިގެން ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކޮށްފިއެވެ.

ޖެކް މާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ މި ޕްލެޓްފޯމަކީ ކޮރޯނާ ވައިރަހާއި ދެކޮޅަށް ޑޮކްޓަރުންނާއި ނަރުހުން ކޮށްފައިވާ ތަޖުރިބާ ތަކާއި ލިބިފައިވާ ފިލާވަޅުތައް ހިއްސާކޮށް އޮންލައިންކޮށް އެހީތެރިކަން ފޯރުކޮށްދީ، މައުލޫމާތު ބަދަލު ކުރުމަށް ހުޅުވާލެވިފައިވާ ޕްލެޓްފޯމެއް ކަމަށެވެ. ކޯވިޑް-19 އާއި ދެކޮޅަށް ކުރި ހަނގުރާމައިގައި ޗައިނާގެ ޑޮކްޓަރުންނާއި ނަރުހުން ކުރި ތަޖުރިބާތައްވެސް ހިއްސާ ކުރާ މި ޕްލެޓްފޯމްގައި ބައިވެރި ވުމަށް ޖެކް މާ ވަނީ ދުނިޔޭގެ ހުރިހާ ހޮސްޕިޓަލްތަކަށް ދަޢުވަތު ދެއްވާފައެވެ.



އަލިބަބާ ކްލައުޑްގައި ގާއިމުކޮށްފައިވާ މި ޕްލެޓްފޯމަކީ ޖެކް މާ ފައުންޑޭޝަނާ އަލިބަބާ ފައުންޑޭޝަން ގުޅިގެން ކޯވިޑް-19 އާއި ދެކޮޅަށް ޤައުމުތަކުން ކުރަމުން ގެންދާ މަސައްކަތް ތަކުގެ ތަޖުރިބާ ހިއްސާކޮށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގާއިމުކޮށްފައިވާ ޕްލެޓްފޯމެކެވެ. “މެޑިއެކްސްޗޭންޖް ފޯ ކޮމްބެޓިންގ ކޯވިޑް-19” ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ޤައުމުތަކުން ކުރާ ހަނގުރާމައިގައި އެކި ފަރާތްތަކަށް ކުރެވިފައިވާ އަދި ކުރަމުން ގެންދާ ޞިއްޙީ އަދި ބޭސްވެރިކަމާގުޅޭ ތަޖުރިބާތައް ހިއްސާ ކުރަމުން ގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން