މިގައުމު މިހާރު ދަތުރު ކުރަމުންދާ މިސްރާބު ބަދަލުނުކޮށްފިނަމަ އެންމެން ރަހީނުވާ ދުވަސް އަންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ 203 ބިދޭސީންގެ ތެރެއިން ބަޔަކު ނުކުމެ އެ ރަށުގައި މަސައްކަތްކުރަމުންދިޔަ 15 ދިވެހީން ރަހީނު ކުރުމާ ގުޅިގެން ޢުމަރު ވިދާޅުވީ، ރާއްޖޭގައި 213،000 ބިދޭސީ މަސައްކަތްތެރިން އެބަތިބި ކަމަށާއި، މިސްރާބު ބަދަލު ނުކޮށްފިނަމަ، ހުރިހާ ދިވެހިން ރަހީނުވާ ދުވަސް އަދި އަންނާނެ ކަމަށެވެ.
“މި ޤައުމު މިދަތުރުކުރާ މިސްރާބު ބަދަލު ނުކޮށްފިނަމަ، އަޅުގަޑުމެން އެންމެން ރަހީނުވާ ދުވަސްވެސް އަދި އަންނާނެ. 213،000 ބިދޭސީ މަސައްކަތްތެރިންނާ، ބާރުގަދަ ޤައުމެއްގެ 150 ސިފައިން އެމީހުންގެ އުދުހޭ އުޅަދު ތަކާއެކު، މިފަސްގަޑުގައި އެބަތިބި. އާމިސްރާބަކަށް ހިންގަވާ.” ޢުމަރު ވިދާޅުވެފައިވެއެވެ.
ބާރުގަދަ ގައުމެއްގެ 150 ސިފައިން ދިވެހިރާއްޖޭގައި އެބަތިބި ކަމަށް ޢުމަރު ވިދާޅުވެފައި ވަނީ އިންޑިއާގެ ދެ ހެލިކޮޕްޓަރާއެކު އެގައުމުގެ އަސްކަރިއްޔާގެ ގިނަ ބަޔަކު ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ދިއުމަށް އިޝާރާތް ކުރައްވައެވެ. އެގޮތުން ސ. ގަމާއި ލ. ކައްދޫގައި އޮޕަރޭޓުކުރާ ހެލިކޮޕްޓަރ ބެލެހެއްޓުމަށް އިންޑިއާގެ 150 ސިފައިން ރާއްޖޭގައި ޙަރަކާތްތެރިވަމުންދާ ކަމަށް ޢުމަރު ވިދާޅުވިއެވެ.
ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކަކަށް މުސާރަ ނުލިބިގެން ހިންގި ހަމަނުޖެހުމުގައި، 15 ދިވެހިން ރަހީނުކޮށް އެ ރަށުގައި ހުރި މުދަލަށް ގެއްލުން ދީފައިވާތީ، 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު