ބޮޑުފިނޮޅު މައްސަލާގައި ސުލްޙަވެރި ޙައްލެއް ލިބުނީ ރައީސް ޞާލިޙްގެ ޙިކުމަތު ޢަމަލީން ކަމަށް ވިދާޅުވޭ، ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ރައީސް ޞާލިޙަށް ސާބަސް ދެއްވައިފިއެވެ.
ދިފާޢީ ވަޒީރު މިއަދު ކުރަށްވާފައިވާ ޓްވީޓެއްގައި، ބޮޑު ފިނޮޅު މައްސަލާގައި ރަހީނުކޮށްފައިވާ ހުރިހާ ދިވެހިން ސަލާމަތް ކުރެވިފައިވާ ކަމަށާއި، އެކަމުގައި ބަންގްލަދޭޝް ހައިކޮމިޝަނަރ ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.
މާރިއާ ކުރަށްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ބިދޭސީންގެ ހައްގުތަށް ހޯދުމުގެ ގޮތުންވެސް ދިވެހި ބިމުގައި ދިވެހިން ރަހީނު ކުރުމާއި މުދަލަށް ގެއްލުން ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ، ގައުމަށް ގައްދާރުވުން ކަމަށެވެ. އަދި ބިދޭސީންގެ ހައްގު ހޯދަން ރާއްޖޭގައި ކޯޓް ތަކުގެ އިތުރުން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ) ހުންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން އިތުރު ގޮތްތައް ވެސް އެކަމަށް ހުންނަ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މުސާރަ ޖަމާކޮށް ދިނުމަށް އެދި ދިވެހިންތަކެއް ރަހީނުކުރި މައްސަލައިގައި ޓުވިޓާގައި ބައެއް ފަރާތްތަކުން ދަނީ އެ ބިދޭސީން ހިންގި އަމަލުތައް ދިފާއުކޮށް އެކަމަށް ތަރުހީބުދޭ މޭރުމަކުން ވާހަކަ ދައްކާފަ އެވެ. އަދި ބައެއް މީހުން ދިވެހީން ރައީނުކުރި ބިދޭސީންނާމެދު ފިޔަވަޅު އަޅަން ގޮވާލަމުންދާއިރު ރިޒޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ށ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ދައުވާ ކުރަން ޖެހޭނެ ކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ.
ރޭ ރަހީނުކުރި ދިވެހިން ސަލާމަތް ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ސިފައިންވެސް ވަނީ ބައިވެރިވެފަ އެވެ. މި އޮޕަރޭޝަނުގައި 19 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Kudos to Prez @ibusolih for successfully finding a peaceful solution to the dispute at Baa “Bodufinolhu”. Thank you High Commission of Bangladesh for their kind assistance & cooperation. Alhamdhlillah! All Maldivians on the island are safe. Well done @PoliceMv 👏👏👏 pic.twitter.com/nwOV8FKLzi
— Mariya Didi 🎈 (@MariyaDidi) July 3, 2020
މާރިއާ ކުރަށްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ބިދޭސީންގެ ހައްގުތަށް ހޯދުމުގެ ގޮތުންވެސް ދިވެހި ބިމުގައި ދިވެހިން ރަހީނު ކުރުމާއި މުދަލަށް ގެއްލުން ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ، ގައުމަށް ގައްދާރުވުން ކަމަށެވެ. އަދި ބިދޭސީންގެ ހައްގު ހޯދަން ރާއްޖޭގައި ކޯޓް ތަކުގެ އިތުރުން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ) ހުންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން އިތުރު ގޮތްތައް ވެސް އެކަމަށް ހުންނަ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
Bidheyseen ge haggu hoadhan Raajjeyge Court thah, HRCM, LRA adhi minoonves ethah qanoony inthizamthakeh hurey. Bidheysyn, Dhivehi bimugai, Dhivehin raheenukoh, mudhalah gellun dhinumakee, musaara nulibumun OK kameh kamuga dhushun e ee Qawm ah gaddhaaruvun kamah Alhugandu dheken!
— Mariya Didi 🎈 (@MariyaDidi) July 3, 2020
މުސާރަ ޖަމާކޮށް ދިނުމަށް އެދި ދިވެހިންތަކެއް ރަހީނުކުރި މައްސަލައިގައި ޓުވިޓާގައި ބައެއް ފަރާތްތަކުން ދަނީ އެ ބިދޭސީން ހިންގި އަމަލުތައް ދިފާއުކޮށް އެކަމަށް ތަރުހީބުދޭ މޭރުމަކުން ވާހަކަ ދައްކާފަ އެވެ. އަދި ބައެއް މީހުން ދިވެހީން ރައީނުކުރި ބިދޭސީންނާމެދު ފިޔަވަޅު އަޅަން ގޮވާލަމުންދާއިރު ރިޒޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ށ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ދައުވާ ކުރަން ޖެހޭނެ ކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ.
ރޭ ރަހީނުކުރި ދިވެހިން ސަލާމަތް ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ސިފައިންވެސް ވަނީ ބައިވެރިވެފަ އެވެ. މި އޮޕަރޭޝަނުގައި 19 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު